English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ލެމަން ޕައި ތައްޔާރުކުރާނެގޮތް

ބޭނުންވާތަކެތި:

1 ތަށި ކްރީމްޗީޒް (8އައުންސް)

1/2 ޖޯޑު ހަކުރު

1ދަޅު ލެމަން ޕައިފިލިންގް

1ތަށި ވިޕިންގް ކްރީމް

ބިސްކޯދު ކުނޑި ކުޑަ އެއްޕެކެޓް

3 ކިއުބްބަޓަރ

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ 9 އިންޗީގެ ޓްރޭއެއްނަގާފައި ބަޓަރ ވިރުވާފައި ބިސްކޯދު ކުނޑިއާ މިކްސްކޮށްފައި ޓްރޭގައި ލޭޔާއެއް ފަތުރާލާށެވެ. ދެން ފިނިކުރަން ފްރިޖްގައި 10 މިނެޓްވަންދެން ބަހައްޓާށެވެ. ދެން ތައްޓެއްނަގާފައި ހަކުރާއި ކްރީމްޗީޒް ހޭންޑް މިކްސަރުން ރަނގަޅަށް މިކްސްކޮށްލާށެވެ. އެެއަށްފަހު ކްރީމްޗީޒް ގެތެރެއަށް ވިޕިންގް ކްރީމް އެޅުމަށްފަހު ސަމްސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. ދެން ފްރިޖްގައި ހުރި ޓްރޭނަގާފައި ބިސްކޯދު ލޭޔާމަތީގައި ތައްޔާރު ކުރި ކްރީމް ލޭޔާއަޅާލާށެވެ. ދެން ލެމަން ފިލިންގް ޕެކެޓް ކަނޑާފައި އެއްލޭޔާ އެޅުމަށްފަހު ފްރިޖްގައި އެއްގަޑި އިރު ބެހެއްޓުމަށްފަހު ސާވް ކުރަށެވެ.

ނޯޓް: ލެމަން ފިލިންގ ބަޒާރުން ނުލިބޭނަމަ އަމިއްލައަށް ގޭގައި ތައްޔާރު ކުރެވިދާނެއެވެ.

ލެމަން ފިލިންގ ތައްޔާރުކުރުމަށް ބޭނުންވާތަކެތި:

1 ސަމްސާ ލުނބޯ ތޮށި ގާނާފައި

1/2 ޖޯޑް ލުނބޯ ހުތް

1 ސަމްސާ ކޯންފްލާ

6 ސަމްސާ ބަޓަރ

3/4 ޖޯޑު ހަކުރު

އެންމެފުރަތަމަ، ލުނބޯ ހުތް، ލުނބޯ ތޮށި އަދި ކޯންފްލާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން 6 ސަމްސާ ބަޓަރ އަދި ހަކުރުވެސް އެއްކޮށްފައި ތަވަޔަކަށް އެޅުމަށްފަހު މަޑުގިނީގައި އޮލަވަންދެން ކައްކާލާށެވެ. މިހާރު ހުންނާނީ ލެމަން ފިލިންގ ތައްޔާރުވެފައެވެ.