English Edition
Dhivehi Edition

ބައިލައްކައަށް ވުރެ ގިނަ މެމްބަރުންނާއި އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ވެރިކަންކުރާ އެމްޑީޕީކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ އަލަށް ގުޅުނު 25000 މެމްބަރުންނާއެކު، އެޕާޓީގެ މެމްބަރުންގެ އަދަދު ބައިލައްކައަށްވުރެ މައްޗަށް އަރައި، އިދިކޮޅު ޕީޕީއެމުން 8000 މެމްބަރުން ވަކިވެއްޖެއެވެ.

މި އަހަރު ފެށުނު އިރު 10000 މެމްބަރުން ތިބި ޕާޓީތަކަކީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއެވެ. އެހެންމަމަވެސް އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު 10000 މެމްބަރުން މިހާރު ހަމަވަނީ ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގައެވެ.

ޕާޓިތަކުގައި މެމްބަރުން ތިބި އަދަދު

އެމްޑީޕީ – 54302

އަދާލަތު ޕާޓީ – 6253

ޑީއާރުޕީ – 2870

ޖުމްހޫރީ ޕާޓީ – 9335

ޕީޕީއެމް – 38020

އެމްޑީއޭ – 8712

އެމްއެސްއެލްޑީޕީ – 2686

އެމްޓީޑީ – 3875

ޕީއެންސީ – 3084

ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމި އަދަދަށް ބަލާއިރު، އެމްޑީޕީއަށް ލިބެނީ 12.8 މިލިއަން ރުފިޔާއެވެ. ޕީޕީއެމަށް 9.3 މިލިއަން ރުފިޔާއެވެ. ޖުމްހޫރީޕާޓީ އާއި އެމްޑީއޭއަށް ލިބެނީ 2 މިލިއަން ރުފިޔާއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ދައުލަތުން ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރަންޖެހޭނީ ބަޖެޓް ފާސްކުރާއިރު 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.