ކައިވެނިކޮށްގެން އުޅެ އެކުގައި ހޯދި މުދާ، ވަރިވުމަށްފަހު އަންހެންމީހާއަށް ނުލިބޭ މައްސަލަތަކުގައި ކޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮއްދެއްވާނެ ކަމަށް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ދެމީހުންގެ މަސައްކަތުން މުދާ ހޯދި ނަމަވެސް، ވަރިވުމަށްފަހު ހައްގު މިންވަރު މަސައްކަތް ކުރުމުގެ ބަދަލުގައި އަންހެން މީހާ ދަނީ ހުސްއަތާ ކަމަށެވެ. އަދި އެފަދަ އަންހެނުންގެ ހައްގުތައް ހޯދައދިނުމަށް ކޯޓުތަކުގައި ހިލޭ ވަކާލާތު ކޮއްދޭނެ ކަމަށް ވަނީ ބުނެފައެވެ.
Women should claim their rights over matrimonial property (enmedhu mudhaa) instead of walking out empty-handed.
I will represent any woman pro bono who wants to test their rights in court in this regard.
— Dhiyana ?? (@dhiyanasaid) May 19, 2019
ކައިވެނިކޮށްގެން އުޅޭއިރު ހޯދާ މުދަލަކީ ދެމީހުންގެ ވެސް މުދަލެއްކަމުން ވަރިވި ނަމަވެސް އެ މުދާ ދެމީހުންގެ މެދުގައި ބަހަން ޖެހޭ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ތަފާސްހިސާބު ހިމަނާފައިވާ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ކައިވެނިކުރާ ނިސްބަތާއި އަޅާބަލާއިރު ވަރި ގިނަ އެވެ.