English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެ ދުވަހަކު ގެނެސްދޭ ރެސިޕީ އަށް މިއަދު ޚާއްސަކޮށްލަނީ އަލުވި ބޯކިބާ ތައްޔަރުކުރާނެގޮތް

ބޭނުންވާތަކެތި:

1/2 ކިލޯ އަލުވި

1 ދަޅުމަސް

1 ލުނބޯ

3 ބޮޑު ފިޔާ

1 ގިތެޔޮމިރުސް

1 މޭޒުމަތީސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް

2 ހިކަނދިފަތް

2 ބިސް

2 މޭޒުމަތީސަމްސާ ތެޔޮ

1/2 މޭޒިމަތީސަމްސާ އަޖިނަމަޓޯ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ އަލުވިގާނާލާށެވެ. ދެން ތަވަޔަށް ތެޔޮފޮދެއް އަޅާފައި ހޫނުވީމާ އަލުވި ކޮޅު މީރުކޮށްލާށެވެ.(ނޫނީ އަލުވި ފެނުކެއްކުމަށްފަހު ހިހޫވީމާ ޗަސްކޮށްލާށެވެ) ދެން، މަސް،ފިޔާ،މިރުސް،އިނގުރު،ހިކަނދިފަތް،އަޖިނަމަޓޯ،ލޮނު، މިތަކެތި އެއްކޮށް މޮޑެލާށެވެ. ދެން ބިސްއެޅުަމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. ދެން ޓްރޭއެއްގައި ތެޔޮފޮދެއްހާކާލުމަށްފަހު އެއްކުރިތަކެތި ޓްރޭއަށް އެޅުމަށްފަހު ފިހެލާށެވެ. މިބޯކިބާ އިތުރަށްމީރުކޮށްލުމަށް މަތީގައި ޓޮމާޓޯ ފަޮތި އަތުރާލުމަށްފަހު މައްޗަށް ޗީޒްއަޅާލެވިދާނެއެވެ.