English Edition
Dhivehi Edition

“ޜޯދައިގެބަދިގެ” މިސެގްމެންޓްގައި ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ދޮންއަނބު ރިހަ ކައްކާނެގޮތް

ބޭނުންވާތަކެތި:

6 ދޮންއަނބު (ތޮށިމަށާފައި)

2 ފިޔާ ކޮށާފައި

1 މޭޒުމަތީސަމްސާ އިނގުރު ލޮނުމެދު (ޗިސްކޮށްފައ)

1 ސަމްސާ މުގުރި ދިރި

1 ސައިސަމްސާ ތޮޅިފޮނިތޮށި (މުގުރި)

ބައިޖޯޑް ހަނާކުރި ހަވާދު(ފިުނޑާފައި) ނޫނީ ކަރީޕައުޑަރ

2 ހިކަނދިފަތް

ލޮނުކޮޅެއް

3 ރާނބާފަތްކޮޅު (ބައިއިންޗި)

2 ޖޯޑު ކާށިކިރު

1 ގިތެޔޮމިރުސް ކޮށާފައި

1 ޖޯޑްވަޅޯމަސް ކޮށާފައި

3 ހިކިމިރުސް

ތައްޔާރުކުރާނެގޮތް:

ތެލިއުނދުންމައްޗަށް އުދާލުމަށްފަހު ކުޑަތެޔޮފޮދެއް އަޅާށެވެ. އެއަށްފަހު ފިޔާ،ހިކަނދިފަތް، ރާނބާފަތް އަދި މިރުސް އެއްކޮށް ލުމަށްފަހު ފިޔާކޮޅު ރަތްވީމާ އިނގުރު ލޮނުމެދު ދިރި އެއްކޮށްލާށެވެ. ހަވާދު 1 ޖޯޑްކިރުގައި ގިރާލުމަށްފަހު އަޅާފައި އަނބުވެސް އެއްކޮށްލާފައި އަނބުމަތިން އެއްއިންޗިއަށް ހުންނަވަރަށް ފެންވެސް އަޅާށެވެ. ދެންމަސްވެސް އެއްކޮށްލާށެވެ. ބޯކިރުފޮދު ފިޔަވައި ބާކީތަކެތި އެއްކޮށްލުމަށްފަހު ހުރިހާތަކެތި ރޯފިލަންދެން ކައްކާލުމަށްފަހު ބާކީ ކިރުވެސް އެއްކޮށްލާފައި 1 މިނެޓްވަންދެން ކެއްކުމަށްފަހު އުނދުންމަތިން ތެލިބާލާށެވެ.