English Edition
Dhivehi Edition
މަރަދޫގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް ؛ ފޮޓޯ ފޭސްބުކް

އައްޑޫ ސިޓީ މަރަދޫ ސްލިޕްވޭ ސަރަހައްދުގައި ދެ ސައިކަލްޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.

މިރޭ 7:13 އެހާކަންހާއިރު ދެ ސައިކަލްޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ދެ ސައިކަލް ދުއްވަން ތިބި ދެ މީހުންގެ އަތުގައި ވެސް ލައިސެންސްނެތް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިރޭ ހިނގި އެކްސިޑެންޓްގެ އިތުރުން ރޭ ދަންވަރުވެސް އައްޑޫސިޓީގެ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިގާފައެވެ. ކާރަކާ ސައިކަލަކާ ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ވަނީ ވެންޓިލޭޓަރުގެ އެހީގައި މިއަދު މާލެއަށް ފޮނުވާލާފައެވެ.