ބައެއް މީހުން ވަކާލާތު ކުރާގޮތުގައި އެމީހުންނަކީ ނިއުރޯސައިންސްގެ ރޮގުން ވަރަށް ތަޖުރިބާ ލިބިފައިވާ މީހުންނެވެ. މިމީހުންނަށް ގަބޫލު ވެފައި މިއޮންނަނީ އިންސާނާގެ ސިކުނޑިއަށް އަބަދުވެސް ފަހުމު ވެފައި ވަނީ އާއްމުކޮށް މުޖުތަމަޢުގައި ކަންތައް ހިނގާ ބީދައިގެ މަތިންކަމަށެވެ. އާއްމު ގޮތެއްގައި އެމީހުންގެ ނަޒަރިއްޔާއަކީ ސިކުނޑީގެ ވާތްފަރާތާއި އަދި ކަނާތްފަރާތް މިކުޅެނީ ތަފާތު ހުނަރު ތަކާއި އަދި ހަރަކާތްތައް ކަމެވެ.
މީގެ ތެރެއިން ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ސިކުނޑީގެ ކަނާތް ފަރާތަކީ އުފެއްދުން ތެރިކަމާއި އަދި އިޙްސާސްތައް އުފެދިގެން އަންނަ މައި މަރުކަޒުގެ ގޮތުގައެވެ. އަދި ވާތް ފަރާތަކީ އުފެއްދުން ތެރިކަން ކޮންޓްރޯލް ކުރުމުގެ އިތުރުން ކަންކަމުގެ ސަބަބުތަކާއި ހައްލު ނެރެދޭ މަރުކަޒުގެ ގޮތުގައެވެ. ނަމަވެސް މިތަސައްވަރަކީ އަދި މުޅިން ރަނގަޅު ނޫން ތަސައްވަރަކެވެ.
ޔުނިވާސިޓީ އޮފް އުޓާގެ އެންމެ އިސް ސައިންޓިސްޓް ޖެފްރީ އެންޑާސަން މިކަމާއި ގުޅޭ ދިރާސާއެއް ވަނީކޮށްފައެވެ. މި ދިރާސާގައި ގާތްގަނޑަކަށް ހާހެއްހާ މީހުންގެ ސިކުނޑީގެ ދެފަޅީގެ ހަރަކާތް މަސައްކަތް ކުރާ ގޮތް އޭނަ ވަނީ ވަރަށް ރަނގަޅަށް ދިރާސާ ކޮށްފައެވެ. އޭނަގެ ދިރާސާ ދައްކާ ގޮތުން ސިކުނޑީގެ ދެފަޅީގެ މަސައްކަތް ކުރީގައި ގަބޫލު ކުރެވިފައިވާ ގޮތާއި ފުށުއަރައެވެ.
“ހަމަޔަގީނުންވެސް ބައެއްމީހުންނަކީ ކަންކަމުގައި ވަރަށް ހުނަރުވެރި ވުމާއެކު ރޭވުންތެރި އަދި ހަގީގަތްތަށް ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން. އަނެއް ބަޔެއްގެ ހުނަރުވެރިކަން މިގޮތަކަށް ނުހުރޭ އަދި ކަންކަމުގައި ބިނާކުރެނެވި ވައްޓަފާޅިއެއް ނުހުރޭ. ނަމަވެސް މިކަމަކީ އެއްވެސް ހާލެއްގައި ސިކުނޑީގެ ވަކިފަޅިއަކުން ދަރަޖަ ކުރެވިގެން އަންނަ ކަމެއްނޫން.” ޖެފްރީ ބުނެފައި ވެއެވެ.
“ބިނާ ކުރެނިވި ޚިޔާލާއި ތަހުގީގީ ވިސްނުމާއި އަޅާކިޔާލާއިރު މިދެހުނަރަކީވެސް އެއްވެސް ހާލެއްގައި ނިއުރޯސައިންސްގެ ދާއިރާއަށް މާބޮޑަށް ބާރުދޭ ދެހުނަރެއް ނޫން. މިއީ ސިކުނޑި ބެހިފައިވާގޮތާއި ގުޅިން ހުރީ ކިހާވަރަކަށްތޯ އަދިވެސް ދިރާސާ ކުރެވެމުން ދާކަމެއް. އެތަކެއް އަހަރުތަކެއްގެ ދިރާސާ މިހާރުވެސް ކުރެވިއްޖެ. ސިކުނޑީގެ ދެފަޅީގެ ހަރާކާތާއި މިކަމާއި ގުޅުން ހުރި މިންވަރު އަދި މިދަނީ ދިރާސާ ކުރަމުން.”
އެހެން ކަމަށްވާނަމަ މިކަމުގެ އަސްލަކީ ކޮބައިކަމަށް ނޭގެއެވެ. ކިރިޔާވެސް އެނގޭ އެއްޗަކީ އިންސާނުން އަބަދުވެސް ހިތް އެދެނީ ފަސޭހަ ގޮތެވެ. ދުނިޔޭގެ ކަންކަމުގައި ފަސޭހަ ގޮތް ހޯދައި ގަތުމެވެ.
އަނެއް ހަގީގަތަކީ ވައަތް ތެރިއަކަށް ވުމެވެ. ކުރީ ޒަމާނުގައި ކުޑަކުދިން ވާތް އިސްކުރާނަމަ އަދަބު ދެއެވެ. މިއީ ބައެއް މުޖުތަމައު ތަކުގައި ދީނީ ކަމެއްކަމުގައި އެމީހުން ގަބޫލު ކުރައެވެ. އިނގިރޭސި ބަހުގައިވެސް ވާތްފަރާތް ބޭނުން ކުރެވިފައި މިއޮންނަނީ ބަލިކަށި ކަމެއްގެ މާނާގައެވެ.
ސިކުނޑީގެ ދެފަރާތުގެ މަސައްކަތް ކުރުމުގައި ތަފާތު ހުންނަކަމަށް ހޯދުން ތަކުން ހޯދި މާހިރަކަށް 1981 ގައި ވަނީ ނޯބަލް ޕްރައިޒްވެސް ލިބިފައެވެ. ނަމަވެސް އޭނަގެ ހޯދުމުގައިވެސް “ހައްލު / ހިތުގެ އުދާސް” މިކަމަކަށް ގުޅުވާފައެއް ނެތެވެ. ނަމަވެސް ސައިންސާއި އާދަ ކާދަތަކުގެ މައްޗަށް ބިނާކޮށް މިގޮތް ގަބޫލު ކުރެވެއެވެ. މިއީ އެމީހުންނަށް ހަގީގަތުގަ އޮޅުން އަރާފައިވާ ކަމެކެވެ. ނުވަތަ މިކަންތައް ބަޔާން ކޮށްދެވިފައިވާ ގޮތުގެ މައްސަލައެކެވެ.