ށ.ފުނަދޫ އެއަރޕޯޓް އާއި ހދ.ކުޅުދުއްފުށީ އެއަރޕޯޓް ގެ އިތުރުން ނ.މާފަރު އެއަރޕޯޓް، ގދ.މާވަރުލު އެއަރޕޯޓް އަދި ޅ.މަޑިވަރު އެއަރޕޯޓް މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ވިދާޅުވީ އަންނަ ޖުލައި މަހު ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ނިންމައި ޢާއްމު ދަތުރުތަކަށް ހުޅުވައިލާނެކަމަށެވެ. މިހާރު ކުރިއަށްދަނީ ޓަރމިނަލް ހެދުމުގެ އެންމެ ފަހުގެ މަސައްކަތެވެ. މިމަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް މުޅިން ނިމޭނެކަމަށާއި އެއާއެކު ޖުލައި މަހު ކުޅުދުއްފުށީ އެއަރޕޯޓަށް ޢާއްމު ދަތުރުތައް ފައްޓާނެކަމަށް ޒުހައިރު ވިދާޅުވިއެވެ. މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ފުނަދުއާއި، ނ.މާފަރު އެއަރޕޯޓުގެ މަސައްކަތް ނިންމައި ޢާއްމު ދަތުރުތަކަށް ހުޅުވައިލޭނެކަަށްވެއެވެ.
ށ.ފުނަދޫ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތްތައް މުޅިން ނިމިފައިވާކަމާށާއި އެއަރޕޯޓަށް ބޭނުންވާ ފަޔަރ ލޮރީއާއި، ސްކޭން މެޝިންފަދަ ތަކެތި ހޯދާފައިވާކަމަށާއި، މިވަގުތު ކުރަމުންދަނީ ޓަރމިނަލްއާއި، ފަޔަރ އެންޑް ރެސްކިއު އިމާރާތުގެ ފަހުގެ މަސައްކަތްތައްކަމަށް ޒުހައިރު ވިދާޅުވެއެވެ.
ފުނަދޫ އެއަރޕޯޓުކީ 1200މީޓަރު ދިގު ރަންވޭއަކާއިއެކު އަޅާއެއަރޕޯޓެކެވެ .
މާފަރު އެއަރޕޯޓްގެ ރަންވޭ ފަރުމާކޮށްފައިވަނީ އިންޓަނޭޝަނަލް ދަތުރުތައްވެސް ކުރެވޭ ގޮތަށެވެ. މި އެއަރޕޯޓްގައި ކުރިއަށްދަނީ އެއަރޕޯޓަށް ބޭނުންވާ ޢިމާރާތްތައް ނިންމުގެ މަސައްކަތެވެ. މާފަރު އެއަރޕޯޓްގެ %90 މަސައްކަތް މިހަރުވަނީ ނިމިފައެވެ.
މާވަރުލާއި މަޑިވަރު އެއަރޕޯޓް ހުޅުވޭ ވަރުވާނީ މިއަހަރު ފަހުކޮޅު ހުޅުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމަތު ދެއެވެ.