English Edition
Dhivehi Edition
މާފަރު އެއަރޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓްއެއް ލޭންޑް ކޮށްފައި/ފޮޓޯ އިންޓަނެޓް

މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން, އިންޑިޔާގެ ނިއުދިއްލީއަށް ސީދާ ދަތުރު ފަށަން މޯލްޑިވިއަނުން ނިންމައިފިއެވެ.

އޮކްޓޯބަރ 21 ގައި ފަށާ މި ދަތުރު ހަފްތާއަކު 3 ދުވަހު އަޅާގޮތަށް ހަމަޖެފައިވެއެވެ. ކޮންމެ ހަފްތާއެއްގެ އަންގާރަ.ބުރާސްފަތި އަދި ހޮނިހިރުގައި މާފަރުން ދަތުރު ކުރެވޭއިރު ހަފްތާގެ ބުދަ، ހުކުރު އަދި އާދީއްތަ މި 3 ދުވަހު ދިއްލީން މާފަރަށް ދަތުރު ކުރާނެ ކަމަށް މޯލްޑިވިއަނުން މަޢުލޫމާތު ދެއްވައެވެ.

މިއީ ކޮވިޑް 19 އަށް ފަހު އެ އެއަރލައިނުން ފަށާ ބައިނަލް އަޤްވާމީ ފުރަތަމަ އައު ރޫޓެވެ.

އެ ކުންފުނިން އިއުލާނުކުރި ގޮތުގައި މާފަރުން ނިއުދިއްލީއަށް ކުރާ ދަތުރެއްގައި ދެކޮޅު ޓިކެޓުގެ ފެށޭ އަގަކީ 285 ޑޮލަރެވެ. އަދި ނިއުދިއްލީން މާފަރަށްކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ ފެށޭ އަގަކީ 312 ޑޮލަރެވެ