English Edition
Dhivehi Edition
މާފަރު އެއަރޕޯޓް
ނ މާފަރު އެއާޕޯޓްގައި އެކްސްކަވޭޓަރެއް ފުރޮޅާލި ހާދިސާއެއްގައި އޭގެ ދަށުވެ އަނިޔާވި މީހަކު މަރުވެއްޖެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައި އަނިޔާވި މީހަކު އެރަށު ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މާފަރު އެއަރޕޯޓް ރަންވޭ ކައިރި ހިއްކުމުގެ މަސައްކަތް ކުރުމުގެ ތެރޭ ހިނގާދިޔަ މި ހާދިސާގައި މަރުވެފައިވަނީ އެކްސްކަވޭޓަރު ދުއްވި ބިދޭސީ ޑްރައިވަރެވެ.

އެއީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މީހެކެވެ.

އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ