English Edition
Dhivehi Edition

ކެޓަލޯނިއާ އަށް ބައިނަލްއަގްވާމީ މައިދާނުގައި ރީތި ނަން ހޯދައިދީ އެ ސަރަހައްދުގެ އަގުއުފުލޭފަދަ ބޮޑެތި ކާމިޔާބީ އެކި ރޮނގުރޮނގުން ހާސިލްކުރުމުގެ އިތުރުން ދިގު މުއްދަތަށް ކެޓަލޯނިއާ އަށް ގިނަ ހިދުމަތްތައް ކޮށްދޭ ފަރާތްތަކަށްދޭ ޝަރަފްވެރި އެވޯޑް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް ލިބިއްޖެއެވެ.

1981 ވަނަ އަހަރުން ފެށިގެން ކަތަލޯނިއާ ކޮށްދީފައިވާ ކަންތައްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކާއި ޙަވާލުކުރާ މިއެވޯޑަކީ ކަތަލޯނިއާގެ ސަރުކާރުން އަރުވާ އެންމެ ޝަރަފުވެރި އެވޯޑެވެ.

މެސީގެ އިތުރުން މި އެވޯޑް ދެން ލިބުނު މޮޅު ކުޅުންތެރިންގެ ތެރޭގައި 1996 ވަނަ އަހަރު މިއެވޯޑް ހާސިލްކުރި ސްޕެއިނުގެ ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ހުއާން އެންޓޯނިއޯ ސަން އެސްޕިފާނޯ އާއި ބާސެލޯނާ އަދި ނެދަލެންޑްސްގެ ލެޖެންޑް ޔޯހަން ކްރައިފް ހިމެނެއެވެ.

ދުނިޔެގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކެޓަލޯނިާގެ ގައުމައަކަށް ނިސްބަތްވާ ބާސެލޯނާގައި ހުރެ ހޯދި މެސީ ވަނީ މިސީޒަންގައި ވެސް ބާސެލޯނާއަށް މޮޅު ކުޅުމެއްދައްކައި ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދައި ބާސެލޯނާއަށް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިސީޒަންގައި މޮޅު ކުޅުމެއްދައްކައި ގިނަ ލަނޑުތަކެއް ބާސެލޯނާއަށް ކާމިޔާބުކޮށްދިންނަމަވެސް މެސީ އަށާއި ބާސެލޯނާއަށް ވަނީ މިސީޒަންގައި އެކުލަބުން އެންމެ ބޮޑައަށް ކާމިޔާބު ކުރަން މަސައްކަތް ކުރި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބާސެލޮނާ ކެޓީ އަމިއްލަ ދަނޑުގައި އިނގިރޭސި ވިލާތުގެ ލިވަޕޫލް އަތުން 3-0 ލަނޑުން މޮޅުވި ނަމަވެސް ދެވަނަ ލެގުގައި އިނގިރެސި ވިލާތުގައި 4-0 ލަނޑުން ބަލިވުމުންނެވެ.

މިހާތަނަށް މެސީ ވަނީ ބާސެލޯނާއާ އެކު 34 ތަށި ހޯދައި ބާސެލޯނާގައި ހުރެ 600 ލަނޑު ކާމިޔާބު ކޮށްފައިވާ މެސީ އަކީ ޒަވީ ހެނާންޑޭޒަށް ފަހު ބާސެލޯނާ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ.

ދަ ފޯރަމް ސީސީއައިބީ ސެންޓަރުގައި ކަތަލޯނިއާގެ ސަރުކާރުން މިރޭ ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި މެސީއަށް މިއެވޯޑް ޙަވާލުކޮށްދެއްވީ ކަތަލޯނިއާގެ ރައީސް ކުއިމް ޓޯރާއެވެ.

ކެޓަލިއަންގެ އެންމެ ޝަރަފުވެރި މި އެވޯޑް މެސީ އާއި ޙަވާލުކޮށްފައިވާއިރު އޭނާއަށް މިއެވޯޑް ދިނުމުގައި ބަލާފައިވާ މިންގަނޑު ތަކުގެ ތެރޭގައި ކަތަލޯނިއާގެ އެތަށް ބަޔަކަށް އެކި ގޮތައަށް އެހީވެފައިވުން ހިމެނެއެވެ.މިގޮތުން ތަފާތު ކުޅިވަރު ޙަރަކާތްތަކަށާއި، ޗެރިޓީ އިވެންޓްތަކަށެވެ. އިންސާނިއްޔަތާއި ތަޢުލީމަށެވެ. ވަރަށް ކުޑައިރު އާޖެންޓީނާ ދޫކޮށް ސްޕެއިންއައި މެސީއަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ކެޓަލޯނިއާގެ ޝަރަފްވެރި އެވޯޑް ބާސެލޯނާ އިން ހާސިލްކުރީ 1992 ވަނަ އަހަރު އެވެ. އޭގެ ފަހުން ބާސެލޯނާގެ ރައީސްކަން ކުރެއްވި ތިން ފަރާތަކަށް މި އެވޯޑް ލިބުނެވެ. އެއީ 2004 ވަނަ އަހަރު އޮގަސްޓިން މޮންޓާލް އާއި 2014 ވަނަ އަހަރު ހާސިލްކުރި ރޭމަން ކަރަސްކޯ އެވެ