ބައެއްފަހަރު އެކަނި ދަތުރު ކޮށްލެވެއެވެ. ނަމަވެސް ބައިބޯ ވެގަތުމާ އެކު އެކަކު އަނެކަކު ގައިގަ ޖެހި އެކީގައި ދެވޭގޮތްވެސް ވޭމެއެވެ. މިއީ ހަމަ ދަރި ފަނިވެސް ދަތުރު ކުރާ ބީދައެވެ. ޚާއްސަކޮށް ލޮނދި ދިޔަވަރެއްގައި ދަތުރު ކުރާނަމަ ފަނިތައް ތަދުރު މިކުރަނީ ބައިގަނޑަކަށެވެ. އެހެން ނަމަވެސް ދިޔަވަރުގެ އޮލަ ނުވަތަ ލޮނދިކަން ކެނޑޭއިރަށް ވަކިވެގަނެގެން އެކަނި ދަތުރު ކުރަން ފަށައެވެ.
“ވިސްކޯއިލާސްޓިކް” ދިޔަވަރު ނުވަތަ ލޮނދިއަކީ އެންމެ ރަނގަޅު ދިޔަވަރެވެ. މިދިޔަވަރާ އެއްމެ ވައްތަރުވާނީ މޮޒެރެއްލާ ޗީޒް ދިޔާ ކޮށްފަ ހުންނަ އިރު ހުންނަ ގޮތެވެ. ނުވަތަ ސިލީ ޕުޓީ ހުންނަ ގޮތެވެ. އިންސާނާގެ ހަށިގަނޑުގައި ހުންނަ މި ދިޔަވަރަކީ ސާވިކަލް މިއުކަސް އެވެ. ދަރިފަނި އަންހެނާގެ ރަހިމަށް ވާސިލު ވުމާއެކު މިދަތުރު ކުރަނީ މި ލޮނދީގެ ތެރޭގައެވެ.
ދަރިފަނި އެކަތި އަނެކައްޗާ އެކު އުޅުމާއި ނުވަތަ ވަކިން ވާދަ ކޮށް އުޅުމުގެ ހަރަކާތަކީ ދަރިފަނީ އާލާވުމުގެ މަސައްކަތް ހޯދައިގަތުމަށް ކުރެވޭ އުނދަގޫ މަސައްކަތަކެވެ. މިކަމުގެ ދިރާސާއެއް ފިޒިސިސްޓުން ވަނީ ކޮށްފައެވެ. އެމީހުން މިކަމުގައި ބޭނުން ކުރީ ފުއްލާގެ ދަރިފަނިއެވެ. މިފަންޏާ އިންސާނުންގެ ދަރިފަންޏާ ގާތްކަމެއް ހުރެއެވެ. ޚާއްސަކޮށް އޭގެ ބައްޓަމާއި އަދި ދަތުރު ކުރާގޮތެވެ. އޭގެ ދަރިފަނި ތަފާތު އޮލަކަމުގެ ވިސްކޯއިލާސްޓިކު ދިޔަ ހިމެނޭ އެއްޗިއްސަށް ލުމަށްފު އޭގެ ހަރަކާތް ބަލާލެވުނެވެ.
މިހިނގާ މާޗްމަހުގައި އެމެރިކާގެ ފިޒިކަލް ސޮސައިޓީއިން ބޭއްވި ބައްދަލު ވުމުގައި މިއާގުޅޭ މަޢުލޫމާތު ވަނީ ޙިއްސާ ކޮށްފައެވެ. އެމީހުން ބުނާގޮތުން ތަފާތު ދިޔަތަކަށް އިލާސްޓިކް ޕޮލިމާ އެޅުމަށްފަހު އޭގެ ވިސްކޯއިލާސްޓިސިޓީ ހިފަހެއްޓުމަށް ފަހު ފުއްލާގެ ދަރިފަނި އެޅީއެވެ. އެމީހުންނަށް ފާހަގަވީ ވިސްކޯއިލާސްޓިސިޓީ ދަށް ދިޔަވަރުގައި އެފަނިތައް އެހާގުޅިގެން ހަރަކާތްތެރިއެއް ނުވެއެވެ. ނަމަވެސް ވިސްކޯއިލާސްޓިސިޓީ ގަދަ ދިޔަވަރުގައި ގިނަ ފަނިތަށް އެކަތި ގަނޑަކަށްވެ ހަރާކާތް ކުރަމުންދެއެވެ.
ހަގީގަތުގައި ދިޔަވަރުގައި ހުންނަ ވިސްކޯސިޓީ އިން އެކަނި ދަރިފަނި ހަރަކާތް ކުރުމުގެ ރޯލު ނުފުދެއެވެ. ފާހަގަވެގެން ދިޔައީ މިގޮތަށް ގުޅިގެން ހަރަކާތް ތެރިވުމަށް ފަހު ރޫޅިގެން ދާކަމެވެ. “ގުރޫޕް ގުރޫޕަށް އުޅޭތަން ފެނޭ. އަދި ހަމަ އެހާ އަވަހަށް ރޫޅިގެންވެސްދޭ.” ނޯތު ކެރޮލީނާގެ އޭ އެންޑް ޓީ ސްޓޭޓް ޔުނިވާސިޓީގެ އެކްސްޕެރިމެންޓަލް ފިސިކްސްގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. ޗީކުއާން ޓުންގް ބުނެފައި ވެއެވެ. މީނާ އަކީ މިދިރާސާގެ އެންމެ އިސް ޕްރޮފެސަރެވެ.
މިޓީމު ކުރި މަސައްކަތުން ދަރިފަނި އެކަތި އަނެކައްޗާ ގުޅުމަށް އެލިބޭ ބާރު ބިނާވެފަ މިއޮންނަނީ ނަރުދެމޭ އަދި އޮލަ ދިޔަވަރެއްގެ ސަބަބުން ކަމެއް މުޅިން ކަށަވަރެއް ނުވެއެވެ. ނަމަވެސް އެދިޔަވަރަކީ ދަރިފަނި އެގުގައި ދަތުރު ކުރުމަށް މުހިއްމު މާހައުލެކެވެ.
ދަރިފަންޏަކީ އެކަތި އަނެކެއްޗަށް ކޯޑިނޭޓް ކޮށްގެން ދިޔަވަރުގައި ފަތާއެއްޗެއް ނޫނެވެ. “ފާހަގަ ވީ ދަރިފަނި އެކަތި ގަނޑަކަށް ދިޔަވަރުގައި ފަތާކަން.” ޓުންގް ބުނެއެވެ. ކޮންމެ ހާލަތެއްގައި ނަމަވެސް ވިސްކޯއިލާސްޓިކް އަކީ ދަރި ފަންޏަށް ވަރަށް މުހިއްމު އެއްސިފައެވެ.
މީގެ އެންމެ ތަފާތު ކަމަކީ މިދިރާސާ ފިޒިސިސްޓުން ކުރާ ކަމެވެ. މިކަމުގައި ބައޮލޮޖިސްޓުން ނުހިމެނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މިދިރާސާގެ އަސާސަކީ ފްލިއުޑް (ދިޔަވަރު) ޑައިނަމިކްސް ކަމަށް ވާތީއެވެ. މިއީ ދިޔަވަރުގެ އެކުލެވޭ ސިފަތަކާއި ހަރަކާތުގެ މައްޗައް އެކުލެވޭ ދިރާސާއެކެވެ. ފިޒިސިސްޓުން މީގެ ކުރިންވަނީ ކިބިސް އެޅޭގޮތާއި ފްލެގެމްގެ ހަގީގަތް ހޯދާފައެވެ. މިވެސް ތަފާތު އޮލަ ދިޔަވަރު ހިމެނޭ ދެކަމެވެ. އެހެންކަމުން ދަރިފަނި އެއް ދިޔަވަރުން އަނެއް ދިޔަވަރަށް ދާއިރު ތަފާތު ހަރަކާތެއް ފެނުން އެއީ އެހާ އާކަމެއް ނޫނެވެ.
ހަގީގަތުގައި މިދިރާސާއިން ފަހަގަ ވެގެން ދިޔައީ ދަރި ފަނީގަވެސް އެހުންނަނީ މޮލިކިއުލްސްގައި ވެސް ހުންނަ ޒާތުގެ ހަރަކާތެއް ކަމެވެ. މޮލިކިއުލްސްވެސް ވައިގެ ތެރެއިން ފެނުގެ ތެރަށް ބަދަލު ވާއިރު ތަފާތު ހަރަކާތެއް ހުރެއެވެ. ފެނަށްވުރެ ވައިގައި މޮލިކިއުލްސް ދަތުރު ކުރުން ބާރެވެ. އެއް މޮލިކިއުލް އަނެއް މޮލިކިއުލު ފެނުގަ ތެރޭގައި ޖެހި އަދި އެނބުރިދާގޮތާއި ދަރިފަނީގެ ހަރަކާތާއި ވައްތަރު ގޮތެއް ހުރެއެވެ. ވައިގައި އެކުލެވޭ މޮލިކިއުލްވެސް ދަތުރު ކުރަނީ ވަރަށް އެކަނި ފަސޭހަމާކާއި އެކުގައެވެ. ނަމަވެސް ފެނުގައި ގުޅިގެން އެކުއެކީ ދަތުރު ކުރެއެވެ.
ފިޔަތައް ހުންނަ ދޫނިތައް ބައިގަނޑަށް އެކުގައި އުދުހެލާ ފަދައިން ދަރިފަނިވެސް ދަތުރު ކުރަނީ ގްރޫޕް ތަކަށެވެ.