މާލޭ އުތުރުފަރާތުގައި ގާއިމްކޮށްފައިވާ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްދޭން ފަށައިފި އެވެ.
އަތޮޅު ފިހާރަތައް މާލޭގައި ހިންގިނަމަވެސް، ކުލީގެ ގޮތުގައި ލިބޭ ފައިސާގެ 50 ޕަސެންޓް އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ކަމަށް ކަނޑައަޅާފައިވާއިރު މި ފައިސާތައް ކައުންސިލްތަކަށް ޖަމާނުކުރާތާ ހަތަރު އަހަރުވަނީ ވެފައެވެ. އެންމެ ފަހުން އެ ފައިސާ ކައުންސިލްތަކަށް 2014 ވަނަ އަހަރު ޖަމާކޮށްފައިވާއިރު މިހަފްތާގައި ޖަމާކުރަން ފަށާފައިވަނީ އަތޮޅު ފިހާރަތަކުން 2015 ވަނަ އަހަރު ލިބެންޖެހޭ ފައިސާ އެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ މިހާތަނަށް 16 ކައުންސިލަކަށް 12.538 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ. ދި ފައިސާ ޖަމާނުކޮށްދެވި ވާ ހަތަރު ކައުންސިލަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފިނޭންސް އިންވަނީ ބުނެފައެވެ.މީގެ އިތުރުން ފިނޭންސް އިން ބުނީ މިހާރު 2015 ވަނަ އަހަރުގެ ފައިސާތައް ޖަމާކުރިނަމަވެސް އެހެން އަހަރު ތަކުގެ ފައިސާ ދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.