English Edition
Dhivehi Edition

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހިލޭ ލުއިފުޅި ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށައިފިއެވެ.

ބެކްއަޕް ގޭސް ސިލިންޑަރު ގަނެގެން ހިލޭ ލުއި ފުޅި ލިބޭ މި ޕްރޮމޯޝަނަކީ، ކުއްލިއަކަށް ގޭސް ހުސްވެގެން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށް އެކުންފުނިން ބުނެއެވެ.

މެއި 16 ވަނަ ދުވަހުން ފެށިގެން ޖޫން 5 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން މޯލްޑިވް ގޭހުގެ ދެ ކިލޯގެ ބެކްއަޕް ސިލިންޑަރު ގަންނަ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާ އަކު ނަގާ ގުރުއަތުން ހޮވޭ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ހިލޭ 10، ކިލޯގެ ގޭސް ފުޅިއެއްގެ އިތުރުން ލުއި ފުޅި އެއް ލިބޭނެ އެވެ.

ލުއި ފުޅިއަކީ ހިފައިގެންގުޅެން ލުއި އަދި ބޭނުންކުރުމަށް ސަލާމަތީ ގޮތުން އެންމެ ރަނގަޅު ގޭސްފުޅި އެވެ. ލުއި ފުޅި ގޭހަކީ އޭގެ ސަލާމަތީ އެތައް ޓެސްޓެއް ހެދިފައިވާ ކިތަންމެ ހޫނު ވިޔަސް ގޮވައިގެން ނުދާ އަދި ބޭރުގައި ދަބަރު ވެސް ނުޖަހާނެ ފަދަ ގޮތަކަށް ތާއްޔާރު ކުރެވިފައިވާ ފުޅިއެކެވެ.