English Edition
Dhivehi Edition
މޯލްޑިވް ގޭސް - ފޮޓޯ: މޯލްޑިވް ގޭސް

ހުސް ގޭސްފުޅިތައް އެޕާޓްމަންޓްގެ ބޭރުން ނެގޭ ގޮތަށް ބެހެއްޓުމަށް މޯލްޑިވް ގޭހުން އެދިއްޖެ އެވެ.

މޯލްޑިވްސް ގޭހުން މިއަދު ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ ކުރިއާ ޚިލާފަށް އެ ކުންފުނިން ގޭސްފުޅި ޑެލިވާކޮށްދިނުމަށް ހަމަޖެހިފައި ވަނީ ގެއާއި ހަމައަށް ކަމަށާއި، އަދި ހުސްފުޅި އެޕާޓްމަންޓްގެ ބޭރުން ނެގޭ ގޮތަށް ހަމަޖައްސައިދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އަދި އެގޮތަށް ކަންތައް ކުރުމަށް ނިންމާފައި ވަނީ ދެފަރާތުގެވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

“ވީމާ މި ދަތި އުނދަގޫ ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންވެސް ކެތްތެރިވެ ތިއްބަވައިގެން ތި ދެއްވާ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން”، މޯލްޑިވް ގޭހުން ބުނެފައި ވެއެވެ.

މާލެ ސިޓީން ކޮވިޑް-19 އަށް އިއްޔެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު މާލެ ވަނީ ފުރަބަންދުކޮށްފަ އެވެ. އޭގެ ސަބަބުން މާލެ ސިޓީގެ ރައްޔިތުންނަށް އަސާސީ ބައެއް ޚިދުމަތްތައް ލިބުމުގައި ދަތިވެފައިވާތީ، މޯލްޑިވްސް ގޭހުން ވަނީ މިރޭ 08:30 އާއި ހަމައަށް އެ ކުންފުނީގެ ކޯލް ސެންޓަރުގެ ޚިދުމަތްވެސް ވަގުތީ ގޮތުން ހުޅުވާލައިފަ އެވެ.