English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޙާއްސަކޮށްލަނީ ތައި ގާލިކް ރައިސް ހައްދަވާނެގޮތް

ބޭނުންވާތަކެތި:

3 ސައިސަމްސާ ބަޓަރ

8 ލޮނުމެދު ތޮށިނަގާފައި (ކުދިކޮށްކޮށާފައ)

3 ޖޯޑު ހަނޑޫ ދޮވެފައި

3 ޖޯޑް ފެން

1 ސްޕްރިންގް އޮނިޔަން (ކުދިކޮށްކޮށާފައި)

ފްރެށްކޮރިއަންޑާފަތް

ރަހަލާވަރު ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ބަޓަރުކޮޅު ތެއްޔަކަށް އަޅާފައި ޗޮޕްކޮށްފައި ހުރި ލުނުމެދު އެޅުމަށްފަހު ގޯލްޑެން ބްރައުން ކުލައަރަންދެން ދޭފަތުން ހަލުވަމުންދާށެވެ. ލޮނުމެދަށް ގޯލްޑެން ބްރައުން ކުލައެރީމާ ނަގާފައި ޓިޝޫއަކަށް އަޅާފައި ބަހައްޓާށެވެ. ދެން ތެލީގައި ބާކީ ހުރި ބަޓަރކޮޅަށް ހަނޑޫ އެޅުމަށްފަހު އެއްމިނެޓްވަންދެން ދޭފަތުން އެއްކުރަމުންދާށެވެ. ދެންލޮނުއަދި ފެންއެޅުމަށްފަހު މަތިޖަހައިގެން ބަތްކައްކާށެވެ. ކައްކައި ނިމުމުން މައްޗަށް ސްޕްރިންގް އޮނިޔަން، ކޮރިއަންޑާފަތް އަދި ލޮނުމެދު އެޅުމަށްފަހު ސާރވް ކުރާށެވެ.