English Edition
Dhivehi Edition

އެއިމްސް ޑައިގޮނޮސްޓިކް ކެއަރގެ ޓެލެ ހެލްތް ކްލިނިކުން މިއަދުން ފެށިގެން ޚިދުމަތް ދޭންފަށާނެ ކަމަށް އެކުލިނިކުން ވިދާޅުވެއްޖެއެވެ.

މީގެ ދެމަސް ކުރިން ، އެޕޯލޯ އެއިމްސް ޓެލެހެލްތް ސެންޓަރ ގެ ޚިދުމަތް ރަސްމީކޮށް، އިންޑިއާ ޗެންނާއިގެ އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން ފެށިފައި ވީ ކަމުގައި ވީނަމަވެސް ، އިދާރީގޮތުން ކުރަންހުރި މަސައްކަތްތައް ނިއްމުމަށްފަހު މިއަދުން ފެށިގެން އެޕޯލޯ ހޮސްޕިޓަލުގެ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެއިމްސް އިން ހާމަކުރެއެވެ.

އެއިމްސް ކްލިނިކުގައި ތަޢާރަފް ކުރެވުނު ދުރުތާފަރުވާ ނުވަތަ ޓެލެމެޑިސިންގެ ޚިދުމަތުގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް 15 އޮގަސްޓާއި ހަމަޔަށް ނަގަން ހަމަޖެހިފައިވަނީ -/495 ރުފިޔާއެވެ. އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ގުޅުއްވާނީ 6898091 ނުވަތަ 6898092 ނަންބަރަށެވެ.

ޓެލެކޮންސަލްޓޭޝަނަކީ ، ބަލިމީހާއި ޑޮކްޓަރާއި އެއްތަނެއްގައި ތިބެގެން ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ކުރިއަށް ނުގެންދެވޭ ފަދަ ޙާލަތެއްގައި ވެބްކެމެރާ މެދުވެރިކޮށް،ވީޑިއޯ ކޮށްގެން ޑޮކްޓަރަށް ދެެއްކުމުގެ ޚިދުމަތްތައް ބަލިމީހާއަށް ފޯރުކޮށްދިނުމެވެ.

މިޚިދުމަތުގެ ސަބަބުން އައްޑޫސިޓީއާއި މި ޞަރަޙައްދުގެ ހުރިހާ ރައްޔިތުންްނަށް ވަރަށް ބޮޑު ލުއިފަސޭހަ ތަކެއްލިބިގެންދާނެއެވެ.

ޓެލެމެޑިސިން އަކީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ގެ ސިޔާސަތުގެ ތެރެއިން ސިއްހީ ދާއިރާގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ދާއިރާވެސް މެއެވެ.