ފުވައްމުލަކު ހޮސްޕިޓަލުގައި ޓެލެމެޑިސިން ޑައިބެޓީސް ކްލިިނިކެއް ހުޅުވައިފިއެވެ.
މި ކްލިނިކް ހުޅުވާފައިވަނީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް، ގައުމީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ. މި މަހުގެ 14 ވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިކްލިނިކް ހުޅުވައިދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގުއެވެ.
ނޭޝަނަލް ޑައިބެޓީސް ސެންޓަރުގެ ފަރާތުން ހުޅުވި މި ކްލިނިކަކީ ދިވެހިރާއްޖޭގެ 5 އަތޮޅެއްގައި ޓެލެމެޑިސިން ޑައިބެޓީސް ކްލިިނިކް ހުޅުވުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހުޅުވި ފުރަތަމަ ކްލިނިކެވެ، ފުވައްމުލައް ސިޓީ ހޮސްޕިޓަލުން ބުނީ މި ކްލިނިކްގެ ސަބަބުން ފުވައްމުލައް ސިޓީގައި ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދާ ފާރާތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްނަގައިގެން ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކަިއ ފުވައްމުލައް ސިޓީގައި ވަނި ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. ނެޝަނަލް ޑައެބެޓީސް ސެންޓަރާއި އައިޖީއެމްއެޗާއި މޯލްޑިވްސް ސޮސައިޓީ އޮފް އިންޓަރނަލް މެޑިސިންގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލާއި ކަމާ ގުޅޭ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތައް ފުވައްމުލައް ސިޓީގައި ބާއްވާފައިވަނީ އެއް ފަސްގަނޑަކަށް އޮންނަ އެ ރަށުގެ ބޮޑު އާބާދީއެއް ދިރިއުޅެމުން ދިއުމާއެކު ދުވަހާއި ގުޅޭ މައުލޫމާތު ގިނަ ބަޔަކަށް ފޯރުކޮށްދިނުމެވެ.