AIMS aai Happy Market in Addu hospitalaai sihhee marukazuthakah face shield hadhiyaa kuranee - AO News AIMS aai Happy Market in Addu hospitalaai sihhee marukazuthakah face shield hadhiyaa kuranee

ކޮވިޑް 19ކަވަރޭޖް

10,919,516CONFIRMED
6,106,402RECOVERED
4,291,726ACTIVE
521,388DEATHS
2,400CONFIRMED
1,969RECOVERED
416ACTIVE
10DEATHS
އެއިމްސް އާއި ހެޕީ މާކެޓުން އައްޑޫގެ ޞިއްޙީ އިދާރާތަކަށް ހަދިޔާކުރާ ފޭސް ޝީލްޑްތައް - ފޮޓޯ: ޓްވިޓާ (އަލީ އިހުސާން)
އެއިމްސް އާއި ހެޕީ މާކެޓުން އައްޑޫ ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކަށް ފޭސް ޝީލްޑް ހަދިޔާކުރަނީ
4 ހަފްތާ ކުރިން

އައްޑޫ ސިޓީގައި ޞިއްޙީ ފުޅާ ދާއިރާއެއް ޞިއްޙީ ޚިދުމަތްތައް ދެމުން އަންނަ އެއިމްސް ކްލިނިކް އާއި، ހެޕީ މާކެޓް ކުންފުނިން އައްޑޫގެ ޞިއްޙީ އިދާރާތަކަށް ފޭސް ޝީލްޑް ހަދިޔާކުރުމަށް ނިންމައިފި އެވެ.

Advt

Advertisement

ހެޕީ މާކެޓްގެ ސީ.އީ.އޯ އަދި އެއިމްސް ކްލިނިކްގެ މެނޭޖިންގ ޑިރެކްޓަރ، އަލީ އިހުސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއިމްސް ކްލިނިކާއި ހެޕީ މާކެޓްގެ ފަރާތުން އައްޑޫ ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒުތަކަށް ހަދިޔާކުރުމަށް 500 ފޭސް ޝީލްޑް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އެ ޝީލްޑްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިން ޕައިލެޓެއް ކަމަށްވާ މުޙައްމަދު ރަނޭޝް އަށް އިހުސާން ވަނީ ޝުކުރު ދަންނަވައިފަ އެވެ.

އިހުސާން ވިދާޅުވީ އެ ދެން އެންމެ އަވަހަށް ފޮނުވެން އައި ގޮތަކުން އެ ޝީލްޑްތައް އައްޑޫ އަށް ފޮނުވުމަށް ޑިސްޕެޗްކުރާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެޕީ މާކެޓުންނާއި އެއިމްސް އިން ދަނީ އައްޑޫ ސިޓީ އާއި މުޅި ރާއްޖެއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ހެޕީ މާކެޓުން ވަނީ ކޮވިޑް-19 އާއި ގުޅިގެން އައްޑޫގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ޓާސްކް ފޯސްތަކާއި، ފުލުހުންގެ ޗެކްޕޮއިންޓްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ފޭދޫ ބްރާންޗުން ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސައި، އެކަމުގެ ހުއްދައަށްވެސް އެ ކްލިނިކުން ވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ހުއްދަ ނުދިނުމަށް ނިންމައިފަ އެވެ.