English Edition
Dhivehi Edition

ވަޒީފާގެ މާޙައުލުގައި އުޅޭ މައިންގެ ވާހަކަ އަހަރުމެން އަބަދުވެސް ދައްކަމެވެ. ދަަރިންނަށް އޮފީހުގަ ނުވަތަ މަސައްކަތުގައި އުޅޭއިރު ރަނގަޅަށް އަޅާ ނުލެވޭ ވާހަކަވެސް އަޑު އަހަމު އެވެ. ނަމަވެސް މިއީ ދާއިމަށް ކަން ހުރި ގޮތެއްވެސްނުމެ ނޫނެވެ. ދަރިންނަށް ވަޒީފާއިން ވަގުތު ހޯދައިގެން އެދަރީން ރަނގަޅު ތަރުބިއްޔަތެއްގައި މުޖުތަމަޢު އަށް ނެރުމަށް އުފަލާއި އަރާމު ގުރުބާންކޮށް މަސައްކަތް ކުރާ މައިންވެސް މަދެކޭ ނުދެންނެވޭނެ އެވެ.

ހަވާޑް ބިސްނަސް ސްކޫލުން މިދިޔަ އަހަރު ޖޫން މަހު ޝާޢިއުކުރި ދިރާސާއަކުން ވަނީ ތަފާތު ވާހަކަތަކެއް ފެންމަތި ކޮށްފައެވެ. އެދިރާސާއިން ހާމަވާ ގޮތުން، މަސައްކަތްތެރި މައިންގެ އަންހެން ދަރިން ބޮޑުވެގެން ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ބޮޑުވެ. އެކުދިން ގިނަ ފަހަރު ވެގެން ދަނީ ވަޒީފާގެ މުޖުތަމަޢުގައި އިސްރޯލް އަދާ ކުރާ ބައެއްގެ ގޮތުގައެވެ. އެގޮތުން 24 ގަޑި އިރު ގޭގައި އުޅޭ މައިންގެ ކުދިންނަށް ވުރެ ގިނައިން މުސާރަ ލިބުމުގެ ފުރުސަތުވެސް ބޮޑުކަމަށް ވަނީ ވަޒީފާގައި އަވަދިނެތި އުޅޭ މައިންގެ ކުދިންނަށެވެ.

ވަޒީފާ އަދާކުރާ މައިންގެ ފިރިހެން ކުދިންނާ ބެހޭގޮތުން ބުނެފައިވަނީ، އެކުދިން އާއިލާއާއި ވަރަށް ބޮޑަށް އަޅާލާ ގާތްކަން ބަހައްޓާނެ ކަމަށެވެ. މީގެ އިތުރުން، ވަޒީފާގައި ނޫޅޭ މައިންގެ ކުދިންނަށް ވުރެ، އެކުދިން ގޭތެރޭގެ މަސަތްކަތް ތަކުގައި އެހީތެރިކަން ފޯރުކޮށް ކޮށްދިނުމުގެ ފުރުސަތުވެސް ބޮޑު ކަމަށް މި ދިރާސާއިން ދައްކައެވެ.

މިދިރަސާ ހަދާފައި ވަނީ 24 ގައުމެއްގެ އެކި މުޖުތަމަޢުގެ މީހުން ހިމަނައި ގެންނެވެ. މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ވަޒީފާ އަދާކުރާ މައިންގެ އަންހެން ކުދިން، ވަޒީފާ އަދާ ނުކުރާ މައިންގެ ކުދިންނަށް ވުރެ، ވަޒީފާއަކާ ގުޅުމުގެ 4.5 އިންސައްތަ ފުރުސަތު ބޮޑެވެ. ކުޑަ އަދަދެކެވެ. ނަމަވެސް ސައްޙަ ކަން ޔާގީނާ ގާތައް އޮތް އަދަދެކެެވެ.

“އަހަރުމެންނަށް ފުރަަތަމަވެސް ވަޒިފާގެ ބާޒާރަށް އަސަރު ކުރާނެ ކަން އެެނގޭ. ނަމަވެސް އަހަރުމެން ހިޔެއް ނުކުރަން އަސަރު ކުރާނީ މަތީ މަޤާމުތަކުގެ ވަޒީފާ ތަކައް ކަމަށް” ހަވާރޑް ބިސްނަސް ސްކޫލުގެ ޕްރޮފެސަރެށް ކަމަށްވާ، ކެތްލީން މެެކްގިން ބުންޏެވެ.

ވަޒީފާ ދިނުމުގައި އަންހެނުންނާއި ފިރިހެނުންނާ މެދު ގެންގުޅޭ ތަފާތައި ނުލައި، މި ދިރާސާއިން ދެއްކި ގޮތުގައި ވަޒީފާ އަދާ ކުރާ މައިންގެ 33 އިންސައްތަ އަންހެން ކުދިން އުޅެނީ މަތީ މަޤާމް ތަކުގައި ކަމަށެވެ. އެއާ ޚިލާފަށް ގޭގައި އުޅޭ މައިންގެ 25 އިންސަތަ އަންހެން ކުދިން މަތީ މަޤާމް ތަކުގައި އުޅޭކާން ފާހަނގަ ކޮއްފައި ވެއެވެ. “އަހަރެންނަށް ހީވާ ގޮތުން ވަޒީފާގައި އުޅޭ މަންމައިން، އުޅޭ ގޮތުން މާޙައުލު ތަފާތުވޭ. އެކަމުން އަންހެން ކުދިންނަށް އުޅެންވީ ގޮތް މަންމައިންގެ ފަރާތުނ ދަސްކުރޭ. އަދި ފިރިހެން ކުދިންވެސް ކަންކުރަން ދަސްކުރަނީ މިފަދަ މާޙައުލެއްގަ” މެކްގިން އިތުރަށް ބުންޏެވެ.

މި ދިރާސާއަށް ތަފާސްހިސަބު އެއްކޮށްފައި ވަނީ 24 ގައުމެއްގައި ވަކިވަކިން، އިންޓަނޭޝަނަލް ސާވޭ ޕްރޮގްރާމްގެ ފަރާތުން 2002 އަހަރާއި 2012 ވަނަ އަހަރު، ކުރި ސާވޭ ތަކުންނެވެ. މީގައި ބަލާލެވިފައި ވަނީ ކުދިން ކައިރިން، އެކުދިންގެ މަންމައިން އަހަރަކަށް ވުރެ ގިނަ ދުވަހު އެއްވެސް ވަޒީފާއެށް އަދާ ކުރިތޯ އަދި ކުރިނަމަ އެކަމުން ނިކުމެދާނެ ނަތީޖާ ތަކަށް ބިނާކޮށް ސުވާލު ކޮށް ގެންނެވެ.

މެކްގިން ބުނެފައިވަނީ ވަޒީފާ އަދާ ކުރާ މަންމައިންގެ އަސަރު އެންމެ ބޮޑަށް ދައްކުވައި ދިނީ “ސްޓެނޭޓިންގް މޮޑަރޭޓްސް” މަޑު ޖެހިފައިވާ މެދު މިނެއްްގައި ލޭބަލް ކުރެވިފައި ހުރި ގައުމު ތަކުގައިއެވެ. މި ކެޓަގަރީގައި އިނގިރޭސިވިލާތް އަދި އެމެރިކާވެސް ހިމެނެއެވެ. މިގައުމު ތަކުގައި ޖިންސީ ތަފާތު ކުރުންތަކާ ހަމަހަމަ ކަމާއި މެދު، މީހުންގެ ވިސްނުން ހުރީ މެދު މިނުގައި ކަން ފާހަނގަ ކުރެވެ އެވެ، އަދި މި ވިސްނުމަށް 10 އަހަރު ތެރޭގައި މާ ބޮޑު ބަދަލެއް ނާދެ އެވެ.

ޖިންސީ ތަފާތު ކުރުން އެކަހެރި ކުރުމަށް ފަހު ވަޒީފާ އަދާ ކުރާ އަންހެނުންގެ އަންހެން ކުދިންގެ އާމްދަނީ އަށް ބަލާއިރު އެވަރޭޖްކޮށް 5200 ޑޮލަރު އެކުދިންނަށް އިތުރަށް ލިބޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ.

މެކްގިން ވަޒިފާ އަދާ ކުރާ މައިންނަށް ދޭން އޮތް މެސެޖަކީ، ވަޒީފާގައި އުޅޭ ނަަމަ އެމީހެއްގެ ކުދިންނަށް ދިގު މުއްދަތެއްގައި އެކަމުން ހެޔޮއަސަރު ތަކެއް ކުރާ ކަމަށެވެ. “ވަޒީފާ އަށް ދިއުމުން އެ ކުދިންނަށް އެ އަންގާ ދެވެނީ އެކުދިީންނަށްވެސް ވަރަށް ގިނަ ފުރުސަތު ހުރި ކަން” މެކްގިން ފާހަނގަ ކުރިއެވެެ.