English Edition
Dhivehi Edition

“ރޯދައިގެ ބަދިގެ” މިސެގްމެންޓްގައި ކޮންމެ ދުވަަކު ގެނެސްދޭ ރެސޕީ އަށް މިއަދު ޙާއްސަކޮށްލަނީ ބިސްކަޓް މިލްކް ޕުޑިން ތައްޔާރު ކުރާނެގޮތް

ބޭނުންވާތަކެތި:

1 ފުލްކްރީމް މިލްކް ބޮޑު ޕެކެޓް

2 ސައިސަމްސާ ބަޓަރ

2 މޭޒްމަތީ ސަމްސާ ކޯންފްލަރ

1 ޕެކެޓް މާރީބިސްކޯދް

1ދަޅު ގެރިކިރު

2 ބިސް

ޗޮކްލެޓްގާނާފައި

ތައްޔާރު ކުރާނެގޮތް:

އެންމެފުރަތަމަ ގެރިކިރު،ބިސް،ބަޓަރ އަދި ކޯންފްލާ މިކްސަރަށް އެޅުމަށްފަހު ރަނގަޅަށް މިކްސްކުރާށެވެ. އެއަށްފަހު ތެއްޔަކަށް ރޯކިރު ޕެކެޓް އެޅުމަށްފަހު އުނދުންމައްޗަށް އުދާށެވެ. މަޑުގިނީގައި ކިރު ހޫނުކުރަމުންދާއިރު ކުރިން މިކްސްކުރި ބައި މަދުމަދުން އަޅަމުން މަޑުގިނީގައި ކައްކަމުން ގެންދާށެވެ. ބޭނުންވަވަރަށް އޮލަ ވުމުން އުނދުން މަތިންބާލާށެވެ. އެއަށް ފަހު ކެއްކި އެއްޗިހިން ބައެއް ޓްރޭއަށް އަޅާފައި މާރީބޮސްކޯދް އޭގެ މަތީގައި ފަތުރާށެވެ. ދެން ބާކީ ހުރި ބައި އަނެއްކާ އެޅުމަށްފަހު މައްޗަށް ޗޮކްލެޓް އަޅާފައި ހިހޫ ވުމުން އައިސް އަލަމާރީއަށްލުމަށްފަހު ރަނގަޅަށް ފިނިކޮށްލާފައި ސާވް ކުރާށެވެ.

1 ކޮމެންޓް
ޙޭޅޅޯޏޯ
މެއި 14, 2019
ޑެން ފަހަރަކު ލަޒާނިއާ ހަދާ ދީބަ