English Edition
Dhivehi Edition

ގަދަ ނޫކުލައިގައި ފެނިގެން ދިޔަ “ފޭސް ބުކް” ވިއުގަ އަކީ މިހާރު މަހެއްގެ މައްޗަށް 1.6 ބިލިއަން މީހުން ބޭނުން ކުރާ ވިއުގަ އެކެވެ. ފޭސްބުކުގެ 12 އަހަރުގެ ހަޔާތުގައި މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑު ކުރިއެރުމަކެވެ.

ސޯޝަލް މީޑިއާގެ ތެރެއިން އެންމެ ގިނަމީހުން މިހާރު ބޭނުން ކުރާ ފޭސް ބުކުގެ އެންމެ ފުރަތަމަ އެކައުންޓް ހުޅުވައިގެން ބޭނުން ކުރަންފެށި 10 މީހުންނަކީ ކޮބައިތޯ ބަލައިލަމާތޯއެވެ؟

aa

ހަމަ ޔަގީނުންވެސް މިހާރު ހިތަށް ވެރިވެގެން ދާނީ ފޭސް ބުކުގެ ބާނީ މާކް ޒުކާބާގްގެ ނަންކަމާއި މެދު އެއްވެސް ސުވާލެއް ނުއުފެދެއެވެ. ސަބަބަކީ ފޭސްބުކުގެ އެންމެ ފުރަތަމަ ޕްރޮފައިލް އައިޑީ އަކީ މާކްގެ އައިޑީއެވެ. އެއީ އެކަން ވާނެވެސް ގޮތެވެ.

ނަމަވެސް މާކަށްވެސް ލިބިފައިވަނީ ހަތަރުވަނަ އައިޑީއެވެ. ސަބަބަކީ ފޭސްބުކް ޓެސްޓު ކުރުމަށް މާކް ވަނީ ތިން އައިޑީ ދުއްވާލާފަ އެވެ.

aa

ދެވަނަ ޕްރޮފައިލް އައިޑީ ގެ ޝަރަފު ލިބިފައިވަނީ ފޭސްބުކްގެ ކޯ ފައުންޑާ ކްރިސް ހަގްސް އެވެ. ހާވާޑް ޔުނިވާސިޓީއިން ތައުލީމު ހާސިލު ކޮށްފައިވާ ކްރިސް 2007 ވަނަ އަހަރާއި ހަމައަށް ހުރީ ފޭސްބުކްގެ ސްޕޯކްސް ޕާސަންގެ ގޮތުގައެވެ. އޭގެ ފަހުން އޭނަ ގުޅުނީ އޮބާމާގެ ރިޔާސީ ކެމްޕެއިން ޓީމާއެވެ. އޭގެ ފަހުން “ދަ ނިއު ރިޕަބްލިކް މެގަޒިން” ގެ އެގްސެކެޓިވް ޗެއާމަން ކަމުގެ އިތުރުން އެ މެގަޒިންގެ ޗީފް އެޑިޓަރަކީވެސް ކްރިސް އެވެ. އެ މެގަޒިންގެ ބޮޑު ހިއްސާ ގަތުމަށް ފަހު ކްރިސް އެ މެގެޒިން ވިއްކާލާފަ 2016 ގަތީ “މެކްކޯމެކް” އެވެ.

aa

ތިންވަން ޕްރޮފައިލް އައިޑީ ލިބިފައިވަނީވެސް ހަމަ ފޭސްބުކްގެ ކޯފައުންޑަރަކަށެވެ. އެއީ ޒުކާބާގް ފްލޮރިޑާގެ ހާވާޑުގައި ކިޔަވަން އުޅުނު އިރު އޭނައާއި އެކު އެއް ކޮޓަރިއެއްގައި އުޅުނު ރައްޓެއްސަކެވެ. އެއީ ޑަސްޓިން މޮސްކޮވިޓްޒް އެވެ. އެންމެ ފުރަތަމަ ޑަސްޓިން އުޅުނީ ފޭސްބުކުގެ ބަގްތައް ހޯދާ އެކަން ރަނގަޅު ކުރުމަށެވެ. އޭގެ ފަހުން ފޭސްބުކްގެ އިންޖިނިއަރިންގެ ވީޕީ އަކަށް އުޅުނެވެ. ނަމަވެސް 2008 ވަނަ އަހަރު އޭނަ ފޭސްބުކް ދޫކޮށް އޭނަގެ އަމިއްލަ “އަސާނާ” އުފެއްދިއެވެ. އޭގެ ފަހުން އޭނަ މަސައްކަތް ކުރަމުން އައީ އޭނަގެ އަންހެނުންނާ އެކުގައެވެ.

aa

ހަތަރު ވަނަ ޕްރޮފައިލް އައިޑީ ލިބިފައި ވަނީ އެރީ ހެސިޓް ކިޔާ މީހަކަށެވެ. ފޭސްބުކް އާއި އެއްވެސް ގޮތަކަށް ގުޅުމެއް ނެތް ފުރަތަމަ މީހަކަށް އައިޑީ ލިބިފައި ވަނީ މީނައަށެވެ. މީނަވެސް ކިޔަވަން އުޅުނީ ޒުކާބާގް ކިޔެވި ހާވާޑު ގައެވެ. މީނައަކީ އާޓް ސްޓްރީމުގައި ކިޔަވަމުން ދިޔަ މީހަކެވެ. މީނަ ކިޔެވީ އިޒްރޭލުގެ ތާރީޚެވެ. މިހާރު މީނަ ދިރިއުޅެނީވެސް އިޒްރޭލުގައެވެ. މީނަގެ މަސައްކަތަކީ ޒުވާނުންނަށް ޔަހޫދީ ދީން އުނގައްނައި ދިނުމެވެ.

aa

ފަސްވަނަ އައިޑީ ލިބުނީ އަނެއްކާ ވެސް ފޭސްބުކުގެ ފައުޑާއަކަށެވެ. އެއީ އެންޑްރޫ މެކްކޮލަމް އަށެވެ. އޭނައަކީ ފޭސްބުކް އުފެއްދުމުގެ އެންމެ ފުރަތަމަ ބައިވެރިވި މީހެއް ނަމަވެސް އޭނަ ފޭސްބުކްގެ ވަރަށް ކުރީކޮޅު އެމީހުންނާއި ވަކިވެގެން ގޮއްސިއެވެ. ކޮމްޕިއުޓާ ސައިންސުން ބެޗްލާ ހަދައިގެން އެންޑްރޫ އުފެއްދީ “ޖޮބްސްޕައިސް” އެވެ. އޭގެ ފަހުން އޭނަގެ އަމިއްލަ ވިޔަފާރި “ފްލައިބްރިޖް ކެޕިޓަލް ޕާޓްނާސް” އާއިގެން ކުރިއަށް ދިޔައެވެ. އޭނަ އަކީ މިހާރު “ފިލޯ” ގެ ސީއީއޯ އެވެ. އެއީ އެމެރިކާގެ ޔުނިވާސިޓީ ތަކަށް އިންޓާނެޓް ޓީވީ ފޯރުކޮށްދޭ ކުންފުންޏަކެވެ.

aa

ހަވަނަ އައިޑީ ލިބިފައިވަނީ ހާވާޑުގައި ފިޒިކްސް ރިސާޗް އެސިސްޓެންޓަކަށް އުޅުނު ކޮލިން ކެލީ އަށެވެ. ކޮލަންބިއާގެ ޔުނިވާސިޓީ އަކުން ގާނޫނީ ރޮގުން ޑިގްރީ ނަގައިގެން އެމެރިކާގެ ސިވިލް ރައިޓްސް މީހުންނަށް ހޯދަދިނުމަށް މަސައްކަތް ކުރިއެވެ. މިހާރު ކެލީ އުޅެނީ ޓެކްސް އެސޯސިއޭޓަކަށެވެ. މަސައްކަތް ކުރަނީ “ޕޯލް، ވީސް، ފިފްކިންޑް، ވާޓޮން އެންޑް ގެރިސަން އެލްއެލްޕީ” ގައެވެ.

aa

މާކް ކެގަނޮވިޗް ވެގެން ދިޔައީ ހަތްވަނަ އައިޑީ ލިބުނު މީހާއަށެވެ. މީނަވެސް ކިޔަވަން އުޅުނީ ޒުކާބާގާއި އެކު ހާވާޑުގައެވެ. ނަމަވެސް މީނަ ކިޔެވީ ބައޯޗެމިސްޓްރީ އެވެ. ޒުކާބާގްއާއި ދިމާވަނީ މެތްސް ކުލާހުންނެވެ. އޭގެ ފަހުން މާކް މަސައްކަތް ކުރީ ވެއިޒްމަން އިންސްޓިޓިއުޓުގެ ރިސާޗް އެސިސްޓެންޓަކަށެވެ. އޭނަ ޖެނެޓިކްސް އިން ޕީއެޗްޑީ ހެދީ ސްޓޭންޑްފޯޑް ގައެވެ. ކެގަނޮވިޗް 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަނީ ނިއުޔޯކުގެ “ސޯލްވްބައޯ” ގެ ސީއީއޯ އަކަށެވެ. އޭނަ އަކީ މިކުންފުނީގެ ފައުންޑަރަކެވެ. އެމީހުންގެ މަސައްކަތަކީ ހެލްތް ރިސާޗް ކުރުމުގެ އިތުރުން ބޭސް އުފައްދާ ކުންފުނިތަކަށް ބޭނުންވާ އެނަލިސިސް ޑާޓާ ތައްޔާރު ކުރުމެވެ.

aa

އަށްވަނަ އައިޑީ ލިބިފައިވަނީ އިގްތިސާދީ ދާއިރާއިން ހާވާޑުން ގްރެޖުއޭޓްވި އެންޑްރީ ބްރޯސް އެވެ. އޭގެ ފަހުން އޭނަ ޓްރޭޑާ އެއްގެ ގޮތުން ޖޭޕީ މޯގަން ޗޭސްގައި މަސައްކަތް ކުރިއެވެ. އޭގެ ފަހުން ލަންޑަނަށް ބަދަލު ވިއެވެ. މިހާރު އޭނަ މަސައްކަތް ކުރަމުން އަންނަނީ ކޭޕްވިއު ކިޔާ ކުންފުންޏެއްގައެވެ. އެތަނުގެ އޭނަގެ މަސައްކަތަކީ އޮޕްޝަން ޓްރޭޑާ އެއްގެ މަސައްކަތެވެ.

aa

ނުވަވަނަ އައިޑީގެ ވެރިޔަކީ މަނުއެލް އެންޓޯނިއޯ އެގުއިލާ އެވެ. މަނުއެލް އަކީވެސް ހާވާޑުން ގްރެޑްއޭޓް ވެފައިވާ މީހަކެވެ. މިހާރު އޭނަ ދިރިއުޅެމުން އަންނަނީ ގްއެންޓަމާލާ ގައެވެ. އޭނައަކީ ކުއެޓްސެލް އަދި ލާ އިންޑެޕެންޑެންސިއާ ފަދަ ކުންފުނިތައް އުފެއްދުމަކައި އިސްރޯލެއް އަދާކުރި މީހަކެވެ. އެމީހުންގެ ކަމަކީ ފަގީރު މުޖުތަމައު ތަކަށް އެހީތެރި ވުމެވެ. މިހާރު މަނުއެލް އަކީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ރައީސެވެ. އެމީހުންނަކީ ހެޔޮއަގުގައި މީހުންނަށް އިމާރާތް ކުރުމުގެ ދާއިރާއިން އެހީތެރިވެދޭ ބައެކެވެ. އެއީ ކޮންސްޓްރަކްޝިއޮން އޮޓޯސަފިސިއެންޓޭ އެސް އޭ ކިޔާ ކުންފުންޏަކެވެ.

aa

ދިހަވަނަ އައިޑީގެ ވެރިޔަކީ ޒެޗް ބާކޫ ކިޔާ ރޭޑިއޮލޮޖީ ޕްރޮފެސްރަކެވެ. އިކާން ސްކޫލު އޮފް މެޑިސިންއިން ފެލޯޝިޕް ހާސިލުކޮށް ފުރަތަމަ މަސައްކަތް ކުރީ އެމްރޯ ޔުނިވާސިޓީ ސްކޫލު އޮފް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަރަކަށެވެ. އޭނަވެސް ފުރަތަމަ ގްރެޖުއޭޓްވީ ހާވާޑުންނެވެ. ބާކޫ އަކީ ވަރަށް ފިލްމު ބަލާހިތްވާ މީހަކެވެ. އަދި މީގެ އިތުރުން ޓެކްނޮލަޖީގެ ގިނަހޯދުންތައް ހޯދުމަށް މަސައްކަތް ކުރާ ހިތްވާ މީހަކެވެ.

މިއީ ފޭސްބުކްގެ އެންމެ ފުރަތަމަ 10 ޕްރޮފައިލް އައިޑީގެ ވެރިންނެވެ. މިއިން ކޮންމެ މީހަކީވެސް ޒުކާބާގްއާއި އެކު ދުވަސަތައް ހޭދަކޮށްފައިވާ އޭނަ ދަންނަ މީހުންނެވެ. މިލިސްޓު ވަރަށް ދިގެވެ. މޭގެ ހުރިހާ މައުލާތެއް އިންޓަނެޓުން ލިބެން އެބަހުއްޓެވެ. އިތުރު އައިޑީތައް ބައްލަވަން ބޭޭނުން ފުޅުވެލައްވާނަމަ އަވަހަށް ސާޗްކޮށްލައްވާ ށެވެ.