English Edition
Dhivehi Edition

ފްރެންޗްކަޕް ފައިނަލްގައި، ރޭނޭސްގެ ސަޕޯޓަރަކަށް ހަމަލާދިނުމާ ގުޅިގެން ޕީއެސްޖީގެ ފޯވަޑް ނޭމާ ތިން މެޗަށް ސަސްޕެންޑްކޮށްފިއެވެ.

ނޭމާ ރޭނޭސްގެ ސަޕޯޓަރަށް ހަމަލާދީފައިވަނީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕީއެސްޖީ ބަލިވެފައިވަނިކޮށް،މެޑަލް އަޅުވަން ސްޓޭޖަށް ދިޔަ މަންޒަރު ރޭނޭސްގެ ސަޕޯޓަރަކު ވީޑިއޯ ކުރުމުން އެކަމާއި ރުޅިއައިސްގެން ޒުވާބުކުރުމަށްފަހުގައެވެ. މި ހަމާލާގައި ސަޕޯޓަރުގެ ނޭފަތުން ލޭ އައިސްފައިވާއިރު ނޭމާވަނީ އޭނާއަށް ކަންތައްކުރެވުނީ އެންމެ ރަގަޅަށް ނޫނަކަމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް ފަހުންވެސް ނޭމާ އޭނާގެ ކިބައިން މައާފަށް އެދިފައިނުވާކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ.

ފްރެންޗް ކަޕް ފައިނަލަށް ފަހު ރޭނޭސްގެ ސަޕޯޓަރަކަށް ހަމަލާދިނުމާ ގުޅިގެން ނޭމާ އަށް ފްރާންސް ފުޓްބޯޅަ ފެޑަރޭޝަނުން ދީފައިވާ މި އަދަބު ޕީއެސްޖީން އިސްތިއުނާފް ކުރާނެ ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ، ޕީއެސްޖީ ކެޓި މެޗަށް ފަހު ރެފްރީންނަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ލިޔެފައިވާ ލިޔުންތަކާއި ގުޅިގެން ނޭމާ އަށް ވަނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަންނަ ސީޒަނުގައި ކުޅެން ޖެހޭ ތިން މެޗަށް ވެސް ސަސްޕެންޑްކޮށްފައެވެ.

 

ޓެގު