English Edition
Dhivehi Edition

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ނަން އިނގިރޭސިބަހުން ބޭނުންކުރާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ކީރިތި ޤުރުޢާނާ ބެހޭ ޤައުމީ މަރުކަޒުގެ ނަން އިނގިރޭސި ބަހުން ބޭނުންކުރުމަށް ކަނޑައަޅުއްވާފައި ވަނީ “ނެޝަނަލް ސެންޓަރ ފޯރ ދަ ހޮލީ ޤުރުޢާން” (National Centre For The Holy Quran) މިހެން ކަމަށެެވެ.

އިސްލާމިކް މިނިސްޓްރީގެ އޮނިގަނޑުގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށާއި ޤުރުއާން ޢިލްމާއި ގުޅޭ ތާރީޚް ދިރާސާ ކުރަމުން އަންނަ މަރުކަޒެކެވެ. މީގެ އިތުރުން ޤައުމީ އަދި ބައިނަލް އަޤްވާމީ ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ތަމްސީލް ކުރާނެ ބައިވެރިން އުފެއްދުމުގެ މަސައްކަތްވެސް ކުރަމުން އަންނަނީ މި މަރުކަޒުގެ ބެލުމުގެ ދަށުންނެވެ. މީގެ އިތުރުންވެސް ދިވެހި ރާއްޖޭގެ ރައްޔަތުންގެ މެދުގައި ދީނީ ލޯބި ވަރިގަދަކޮށް ދީނީ ހޭލުންތެރި ކުރުމުގެ އެކި އެކި ޕްރޮގްރާމްތައްވެސް މި މަރުކަޒުން ކުރިއަށް ގެންދެއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން “ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު”ގެ ނަމަށް، ރައީސް ބަދަލުކުރެއްވީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.