English Edition
Dhivehi Edition

އަންނަ ރަމަޟާން މަހު ބާއްވާ “ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް 2019” ހުޅުވާ މެޗުގައި ބައްދަލު ކުރާނެ ދެޓީމަށް އެފްސީ ބޭރުމަތި ޓީމާއި، މާކަރީޔުނައިޓެޑު ހަމަޖެހިއްޖެއެވެ.
މުބާރާތް ހުޅުވާ މެޗުގައި މި ދެޓީމު ބައްދަލުކުރާ ގޮތަށް ހަމެޖެހުނީ މިރޭ ބޭއްވި މުބާރާތުގެ ގުރުއަތުންނެވެ. ގުރުއަތު ނެގުން ބާއްވައިފައިވަނީ މިރޭ 8:30 ގައި މަރަދޫ ބޮނޑޮ ގޭގައެވެ. ޖުމްލަ 16 ޓީމް ވާދަކުރާ މުބާރާތް ކުރިއަށް ގެންދަނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ. މިޓީމްތަކުގެ މެދުގައި ގުރުއަތުލައިފައިވަނީ މާޒީގައި ޓީމްތައް ހޯދައިފައިވާ ކާމިޔާބީތަކަށް ބަލައިގެންނެވެ.
އޭ ގުރޫޕުގައި ހިމެނޭ ޓީމުތަކަކީ އެފްސީ ބޭރުމަތި، މާކަރީ ޔުނައިޓެޑު، ޕަޓާސް، އެފްސީ ސްޕްރިންޓެވެ. ބީ ގުރޫޕުގައި ހިމެނެނީ ޔުނައިޓެޑު ފުރެންޑްސް، އެފްސީ ޒެފިއާ، އެފްސީ ސްކޫޕް ކަންމަތި، ވެންބޮޅު ޔުނައިޓެވެ. މިއީ މުމުބާރާތުގައި އަލަށް ވާދަކުރާ ޓީމެކެވެ. ގުރޫޕް ސީގައި ހިމެނެނީ ޒިލޯން، އެފްސީ އަފިރިން، ޔަންގަ ވަންސް، އެފްސީ ޒިޔާރަތް ފަންނަ އެވެ. ގުރޫޕް ޑީ ގައި ހިމެނެނީ ފްރެންޑްސް ކުލަބު، މަލްޓި ޖީނިއަސް، އެސްއެމްޓީ، ކުލަބު ސްކަވެންޖާސް އެވެ.
މިރޭ ބޭއްވި ގުރުއަތު ލުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެފްއޭއެމްގެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓަރ އަޙުމަދު ޝަރީފް (ޑުންގާ) އެވެ. މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މިއީ މެދު ނުކެނޑި އެންމެ ގިނަދުވަހު އައްޑޫގައި ބާއްވާ އެންމެ ދުވަސްވީ މުބާރާތް ކަމަށެވެ. އެހެންކަމުން މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކަށް އޭނާ ވަނީ މަރުޙަބާއާއި ޝުކުރު ދަންނަވައިފައެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 12 ވަނަދުވަހުގެރޭ 9:00 ގައެވެ. މުބާރާތް ކުރިއަށްދާނީ މަރަދޫ ފުޓުބޯޅަ ދަނޑުގައެވެ.