English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު އެއްޗެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ބްލޫބެރީ ޕިއްޒާ”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

2 1/2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

1 ޖޯޑު ގެރިކިރު

1/4 ޖޯޑު ހަކުރު

2 ޖޯޑު ބްލޫބެރީ

6 މޭޒުމަތީ ސަމުސާ ބަޓަރ ވިރުވާފައި

ވިޕްޑް ކްރީމް ބޭނުން ވާވަރަށް

12 މޭޒުމަތީ ސަމުސާ ފުށް

1/4 ޖޯޑު ފެން

ވެނީލާ އެސެންސް

2 1/2 މޭޒުމަތީ ސަމުސާ ހަކުރު (ޕައުޑަރ)

1 މޭޒުމަތީ ސަމުސާ ކޯންސްޓާރޗް

100ގ ކްރީމް ޗީޒް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ އަވަން 170 ޑިގްރީއަށް ހޫނުކޮށްލާށެވެ.

ދެން ތަށްޓެއް ނަގާފައި އޭގެތެރެއަށް ފުށް، ވިރުވާފައި ހުރި ބަޓަރ އަދި ޕައުޑަރޑް ހަކުރު އަޅާފައި ރަނގަޅަށް ފުށްގަނޑު މޮޑެލާށެވެ. ދެން ޕިއްޒާ ފުށްގަނޑު ޝޭޕަށް ވަށްކޮށް ދަމާފައި ބްރައުން ކުލަ އަރަންދެން އަވަނުން ފިހެލާށެވެ.

ކްރީމްޗީޒް މިކްސްޗަރ:

ތަށްޓެއް ނަގާފައި އޭގެތެރެއަށް ގެރިކިރު، ވެނީލާ އެސެންސް، ލުނބޯ ހުތް އަދި ކްރީމް ޗީޒް އަޅާފައި ހޭންޑް މިކްސަރ އިން މިކްސްކޮށްލާށެވެ.

  • ތަވައެއްނަގާފައި އޭގެ ތެރެއަށް ޒުވާރި ފުށް އަދި ޕައުޑަރޑް ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޕިއްޒާ ފުށްގަނޑު ނަގާފައި މީގެ މައްޗަށް އެންމެ ފުރަތަމަ ތައްޔާރު ކުރި ކްރީމްޗީޒް މިކްސްޗަރ ފަތުރާލުމަށްފަހު މައްޗަށް ދެން އެއްކުރި ޒުވާރި ފުށް އަދު ހަކުރު ޕައުޑަރ މިކްޗަރ ވެސް އަޅާލުމަށްފަހު މަތީގައި ބްލޫބެރީ ފަތުރާލާށެވެ. އަދި މަތީގައި ކެރަމަލައިޒްޑް ޝުގާ ހާކާލާށެވެ.
  • ދެން ޕިއްޒާ ސެޓް ކުރުމަށް ފްރިޖްގައި ބެހެއްޓުމަށްފަހު މައްޗަށް ވިޕިންގ ކްރީމް އަޅާފައި ސާރވް ކުރާށެވެ.