English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑިޝްއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ޕޮޓޭޓޯ ލީކް ސޫޕް” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (8ސާވިންގްސް)

2 މޭޒުމަތީ ސަމުސާ ބަޓަރ

3 ބޮޑު ލީކްސް ޗޮޕްކޮށްފައި

3 ލޮނުމެދު ޗޮޕްކޮށްފައި

2 ބޮޑު އަލުވި ކިއުބްގޮތަށް ކޮށާފައި

ލޮނު އަދި އަސޭމިރުސް (ރަހަލާވަރަށް)

6 ޖޯޑު ވެޖެޓަބްލް ސްޓްކް

2 ޖޯޑު ފެން

2 ފްރެށް ތައިމް (ސްޕްރިންގ އޮނިއަން)

1 ބޭލީވްސް \

ތައްޔާރުކުރާނެގޮތް:

ބަޓަރ ކޮޅު ތެއްޔަކަށް އަޅާފައި ވިރުވާލާށެވެ. ބަޓަރ ވިރުނީމާ އޭގެތެރެއަށް ލީކްސް އަޅާފައި ލީކްސް މަޑުވަންދެން މަތިޖަހައިގެން ކައްކާށެވެ. ދެން މީގެ ތެރެއަށް ލޮނުމެދު، އަލުވި، ލޮނު އަދި އަސޭމިރުސް އަޅާފައި 1 މިނެޓް ވަންދެން ކައްކާށެވެ. ދެން މީގެ ތެރެއަށް ވެޖެޓަބަލް ސްޓޮކް 6 ޖޯޑު، ބޭލީފް އަދި ތައިމް އަޅާފައި ރަނގަޅަަށް އަލުވި ރޯފިލަންދެން ކައްކާލާށެވެ. ދެން ސޫޕް ގެތެރެއިން ބޭލީފް އަދި ތަައިމް ނާގާލާށެވެ. އެއަށް ފަހު ހޭންޑް މިކްސަރަކުން ނޫނީ ބްލެންޑަރ އަކަށް އަޅާފައި އަލުވި ހިމުން ވަންދެން ބްލެންޑް ކޮށްލާށެވެ. މައްޗަށް ސްޕްރިންގް އޮނިއަން ވިއްސާލުމަށްފަހު ސާރވް ކުރާށެވެ.