English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ބެރީ ސްމޫތީ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (2 ތަށްޓަށް)

1 ޖޯޑު ބެރީސް (ރާސްބެރީ/ ބްލޫބެރީ) ފްރޯޒެން ނޫނީ ފްރެޝް

2/3 ޖޯޑު ކާނޭޝަން ކިރު (އެވަޕޮރޭޓެޑް މިލްކް)

1/2 ޖޯޑު ޔޯގަޓް ވެނީލާ ނުވަތަ ބޭނުން ފްލެވާ އެއް (ލޯފެޓް)

ތައްޔާރުކުރާނެގޮތް:

ބްލެންޑަރަށް ބެރީސް، ކިރު އަދި ޔޯގަޓް އަޅާފައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ދެން ތަށި ނަގާފައި ތަށްޓަށް ތައްޔާރުކުރި ސްމޫތީ އެޅުމަށްފަހު ބޭނުން ނަމަ އައިސްކިއުބް އަދި މާމުއި ފޮދެއް އަޅާލާފައި ސާރވް ކުރާށެވެ.