English Edition
Dhivehi Edition

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް އައްޑޫ ސިޓީ މީދޫ ބެސްޓް ސެލެކްޝަން ކޮމްޕެނީން ކުރިއަށް ގެންދާ ‘ބެސްޓް ސެލެކްޝަން ނައިޓް މާކެޓް’ ފަށައިފިއެވެ.

ރޭ ފެށި މި ނައިޓް މާކެޓް މި މަހުގެ 05 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ނައިޓްމާކެޓްގައި އެގު ހެޔޮކޮށް ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެކަމަށް އެ ކުންފުނީގެ ފަރާތުންވަނީ ބުނެފައެވެ. މި ނައިޓް މާކެޓް ކުރިއަށްދަނީ ކޮންމެ ދުވަހަކު ރޭގަނޑު 8:00 ކުން 11 އާއި ހަމައަށް ސައުތް ސެލެކްޝަން ކުރިމަތީގައެވެ.

ބެސްޓް ސެލެކްޝަން ނައިޓް މާކެޓާއި ބެހޭ ގޮތުން ވާހަކަދައްކަމުން ހުސައިން ތާއިފް ބުނީ މިއީ ރަމްޟާން މަހާއި ދިމާކޮށް ރަށުގައި ތިބެގެން ރަށުގެ ރައްޔަތުންނަށް ބޭނުންވާ މުދާ އަގު ހެޔޮކޮށް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ނައިޓް މާކެޓެއް ކަމުގައެވެ.

 

އެ ކުންފުނިން ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް ނައިޓް މާކެޓް ކުރިއަށް ގެންގޮސްފައިވާ އިރު، މި ނައިޓްމާކެޓެއް ދެ ރަށުގެ ރައްޔަތުންގެ ފަރާތުންވެސް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ބެސްޓް ސެލެކްޝަން ނައިޓް މާކެޓަކީ މާލެފިޔަވާ ރާއްޖޭގެ ރަށެއްގައި ނައިޓްމާކެޓް މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.