English Edition
Dhivehi Edition

މާމިގިލީ އެއާޕޯޓުގެ އެކްސިޑެންޓުގައި އެންމެ ބޮޑަށް ސީރިއަސްވެގެން މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ މީހާ ދެންމެއަކު ނިޔާވެއްޖެ އެވެ.

މިއަދު 4:20 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ މާމިގިލީ އެއާޕޯޓްގެ ފަޔާ ލޮރީ ކޮންޓްރޯލް ނުވެގެން ގޮސް ޖޯލިފައްޗެއްގައި އިށީނދެގެން ތިބި ހަތަރު މީހެއްގެ ގައިގާ ޖެހިގެންނެވެ.މި އެކްސިޑެންޓްގައި އެކެއްގެ ބޯފަޅައިގެން ގޮސް އަނެއް ދެމީހުންގެ ވެސް ފައިބިނދި އެކިވަރުގެ އަނިޔާ ލިބިފައި ވާކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ މި ހާދިސާގައި ފައި ބިނދުނު ދެ މީހުންގެ ތެރެއިން އެކަކެވެ. އެ އެކްސިޑެންޓްގައި އަނިޔާވި އަނެއް ތިން މީހުން މާލެ ގެނައުމަށް މިހާރު ފުރުވާލަފައި ވާއިރު އެ ތިން މީހުން މިރޭ 20:45 ހާއިރު މާލެ ގެނެވޭނެ ކަމަަށް މައުލޫމާތު ލިބެއެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓްގައި ނިޔާވި މީހާގެ އިތުރުން އަނެއް ތިން މީހުންނަކީވެސް މާމިގިލީ އެއާޕޯޓްގެ އެއާ ފަޔާ ގައި މަސައްކަތް ކުރާ މީހުންނެވެ.