English Edition
Dhivehi Edition
އިމިގްރޭޝަންގެ ލޭބަރ ސެކްޝަން - ފޮޓޯ: އިމިގްރޭޝަން

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށް އޮންލައިން ކޮށް ފައިސާދެއްކޭނެ ޚިދުމަތް މިއަދު އިމިގްރޭޝަނުން ތަޢާރަފްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލުއިފަސޭހަ ކޮށް ދިނުމުގެ ގޮތުން ، އީމެއިލް މެދުވެރިކޮށް ޕާސްޕޯޓްގެ ޚިދުމަތަށް އެދެވޭނެ ގޮތްް ދާދި ފަހުންވަނީ ފަހިކޮށްދީފައެވެ.

މިއަދު މި ތައާރފް ކުރެވުނު ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެއެވެ. މިހާރު އީމެއިލް މެދުވެރިކޮށް ފައިސާ ޕާސްޕޯޓަށް އެދިލައްވާ ފަރާތްތަކުން ފައިސާ ދެއްކުމަށް އިމިގްރޭޝަނަށް ޙާޒިރު ވުމުގެ ބަދަލުގައި އީމެއިލް މެދުވެރިކޮށް ފޮނުވާ “ލިންކް” އަކުން ޕާސްޕޯޓަށާއި، “ރެވެނިއު ސްޓޭމްޕް” އަށް ފައިސާ ދެއްކޭނެއެވެ. މިގޮތަށް ހަމަޖެހިގެން ދިއުމާއި އެކު، ކުރިއާއި ޚިލާފަށް ދެން އިމިގްރޭޝަނަށް ދާންޖެހޭނީ ހަމައެކަނި ޕާސްޕޯޓާއި ހަވާލުވުމަށެވެ. ކުރިން ޕާސްޕޯޓަށް ފައިސާ ދެއްކުމަށާއި ޕާސްޕޯޓު ޙަވާލްވުމަށް އިމިގްރޭޝަނަށް ދާންޖެހެއެވެ.

އަދި މިއަދުން ފެށިގެން ކުރިން 48 ގަޑިއިރުން އީމެއިލް މެދުވެރިކޮށް ދެމުން އައި ޕާސްޕޯރޓް ހެއްދުމުގެ ޚިދުމަތް، 24 ގަޑިއިރު ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ފޯރު ކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ހަލުވި ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުުރުމުގައި އިމިގްރޭޝަނުގެ އޮފިސަރުން ހިވާގި ކަމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަންދޭކަމަށް ވެސް އިމިގްރޭޝަނުން މިއަދު ވިދާޅުވިއެވެ.