އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ލެސްޓާ ސިޓީ އަތުން 3-0 ލަނޑުން ބަލިވެ އާސެނަލަށް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު މިމެޗުން ބަލިވެ އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އާސެނަލްއަށް ވަރަށް ބޮޑައަށް ވަނީ ކުޑަވެފައެވެ.ރޭގެ މިނަތީކާއާއި އެކު ކުޅުނު 36 މެޗުން ލިބުނު 66 ޕޮއިންޓާއެކު އާސެނަލް މިހާރު އޮތީ ފަސް ވަނައިގައި އޮތް އިރު ލީގު ހޯދުމުގެ ރޭހުގައި މިވަގުތު އޮތް ލިވަޕޫލް އާއި މެންޗެސްޓަ ސިޓީ އާއި ދެމެދު ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.ލީގުގެ އެއްވަނާގައި މިވަގުތު އެއް ޕޮއިންޓް ކުރީގައި އުޅެނީ ސިޓީއިންނެވެ.
ލީގުގައި އެންމެފަހުން ކުޅުނު ދެމެޗުން ބަލިވެ ރޭގެ މެޗާއި ކުރި މަތިލި އާސެނަލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު ފުރަތަމަ ހާފުގައި ޑިފެންޑަރު އައިންސްލޭ މެއިޓްލޭންޑް ނައިލްސް އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލެސްޓާގެ ފަރާތުން ގިނަ ހަމަލާތަކެއް އާސެނަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.މެޗުގެ ދެވަނަ ހާފުގައި ލެސްޓާގެ ފަރާތުން ތިން ލަނޑު ފެނިގެން ގޮސްފައިވާއިރު މީގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖޭމްސް ވާޑީއެވެ. ލެންޓާއިން މެޗުގައި ކާމިޔާބުކުރި އަނެއް ލަނޑު ކާމިޔާބުކުރީ ބެލްޖިއަމްގެ ޒުވާން މިޑްފީލްޑަރު ޔޫރީ ޓީލަމަންސްއެވެ.
މި މެޗުން ބަލިވުމުން އެޓީމަށް މިހާރު ވަނީ ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.މިމެޗުން މޮޅުވެ އަންނަ ސީޒަންގައި ޔުރޮޕާ ލީގުގައި ކުޅުމުގެ އުންމީދު ބޮޑު ކޮށްފައެވެ.ލީގުގެ ހަތްވަނަ ޓީމައަށް އަންނަ ސީޒަންގައި ޔުރޮޕާ ލީގުން ޖާގަ ލިބޭއިރު މިވަގުތު ހަތްވަނަ މަގާމައަށް ވާދަ ކުރަނީ ލެސްޓާއާއި ވްލުވްސް އެވެ.