English Edition
Dhivehi Edition

ވަރުގަދަ ސްކޮޑްއަކާއި އެކު މިސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ނިކުތް ޕީއެސްޖީ ފްރެންޗް ލީގު ކަޕް ފައިނަލުގައި ރެނެސް އަތުން ބަލިވެއްޖެއެވެ.

އެންމެ ފަހުގެ މިމުބާރާތުގެ ޗެމްޕިއަން ޕީއެސްޖީ ރޭ ކުޅުނު ފައިނަލް މެޗުން ބަލިވީ ޕެނަލްޓީ ޖަހައިގެން 6-5 ލަނޑުންނެވެ.

ޕީއެސްޖީ ބަލިކޮށް ރެނެސްއިން ފްރެންޗް ލީގު ކަޕްގެ ތަށި ހޯދާފައިވާއިރު މިއީ މިމުބާރާތް 48 އަހަރަށް ފަހު ރެނިއިސްއިން ކާމިޔާބުކުރި ފުރަތަމަ ފަހަރެއެވެ.

މެޗުގެ ފުރަތަމަ 21 މިނިޓް ތެރޭ ޕީއެސްޖީން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ 14 ވަނަ މިނިޓްގައި ޑެނީ އަލްވޭސް އެވެ. އޭގެ އަށް މިނިޓް ފަހުން ނޭމާ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެނެސް އިން މެޗުގެ 40 ވަނަ މިނިޓްގައި ޕީއެސްޖީގެ އެމްބާޕޭ އަތުން ބައިކޮޅަށް ވަން ގޯލުން ރެނިއިސް މެޗުގެ ފަރަގު ކުޑަ ކޮށްފައިވާއިރު ދެ ވަނަ ހާފް ފަށައިގެން ޕީއެސްޖީއަށް ވުރެ މޮޅައަށް ކުޅުނު ރެނިއިސްއިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 66 ވަނަ މިނިޓްގައި މެކްސާ އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ރެނެސް އިން ވަނީ އެ ޓީމުން ފޮނުވާލި ހަ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބުނުވީ ޒުވާން ކުޅުންތެރިއާ ކްރިސްޓޮފާ އެންކުންކޫ ޖެހި ޕެނަލްޓީ އެވެ.

ރެނެސް އިން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 1971 ވަނަ އަހަރު އެވެ