English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަޑްސްފީލްޑް އާއި ލިވަޕޫލް ކުޅުނު މެޗު ކާމިޔާބުކޮށްއަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލީގުގައި ބާކީ ދެމެޗު އޮތްވައި ލިވަޕޫލްއިން ވަގުތީ ގޮތުން ތާވަލްގެ އެއްވަނަ މަގާމައަށް ޖެހި ލާފައިވަނީ ރެލިގޭޓްވެފައިވާ ހަޑްސްފީލްޑް ޓައުން 5-0 ލަނޑުން ބަލިކޮށްގެންނެވެ.

ރޭގެ މި މޮޅާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 36 މެޗުން 91 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 35 މެޗުން ލިބިފައިވަނީ 89 ޕޮއިންޓް ލިބިފައިވާއިރު ބާންލީގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވެގެން ސިޓީ އަށް އަލުން އެއް ވަަނަ އަށް އެރޭނެ އެވެ.

ވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު ފަށައިގެން 15 ސިކުންތު ތެރޭގައި އެ ޓީމަށް ލީޑުނަގައިިދިނީ ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ލިވަޕޫލުން ޖެހި އެންމެ އަވަސް ގޯލެވެ.އަދި މެޗުގެ 23 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ މުހައްމަދު ސަލާހު ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލް އިން ނިންމާލިއިރު މެޗުގެ 66 ވަނަ މިނެޓްގައި މާނޭ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ ފަހު ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަލާހުއެވެ.

ރޭގެ ލަނޑުތަކާ އެކު ސަލާހު ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު ރޭހުގައި ކުރި ހޯދައިފަ އެވެ. ސަލާހު 21 ގޯލު ޖަހާފައިވާއިރު، މާނޭ ވަނީ 20 ގޯލު ހަމަކޮށްފަ އެވެ.

ލީގުގައި ލިވަޕޫލްއަށް ބާކީ ދެމެޗު އޮތް އިރު އެ ޓީމައަށް ލީގު ލިބޭނީ މިވަގުތު ލީގުގެ ދެވަނާގައި އޮތް މެންޗެސްޓަ ސިޓީ ކުރިއަށް ހުރި މެޗު ތަކުން އެ ޓީމު އަތުން ޕޮއިންޓެއް ގެއްލިގެންނެވެ.ލވަޕޫލް ލީގުގައި ދެން ކުޅޭ ދެމެޗުގައި ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއި ވުލްވްސްއާއެވެ.