ވުލްވްސްއިން ތަފާތު މޮޅުކޮށް މި ސީޒަނުގައި ކުޅެމުންދާ އިރު، ރޭގެ މެޗުން މޮޅުވުމާއެކު ވުލްވްސްއިން ވަނީ 10 ވަނައިން ހަތްވަނައަށް ޖެހިލާފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީުގެ ގަދަ ހަތަރެއްގައި ނިންމާލުމަށް މަސައްކަތް ކުރަމުންގެންދާ އާސެނަލްއާއި ވުލްވްސް ވާދަކުރި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ.
ވުލްވްސް ދަނޑުގައި ކުޅުނު މިމެޗު 3-1 ލަނޑުގެ ނަތީޖާއަކުން ވުލްވްސް ކާމިޔާބު ކޮށްފައިވާއިރު ލީގުގެ ގަދަ ހަތަރު ޓީމްގެ ތެރޭގައި ހިމެނިގެން އަންނަ އަހަރު ޗެމްޕިއަންސް ލީގައަށް ކޮލިފައި ވުމަށް މަސައްކަތް ކުރަމުންގެންދާ އާސެނަލްއަށް ވަނީ އެ ފުރުސަތު ވަރަށް ބޮޑައަށް ހަނިވެފައެވެ.
ރޭގެ މިނަތީޖާއާއި އެކު ކުޅުނު 35 މެޗުން 66 ޕޮއިންޓް އާސެނަލްއަށް ލިބިފައިވާއިރު ހަތަރުވަނާގައި އޮތް ޗެލްސީއަށް 67 ޕޮއިންޓް ވަނީ ލިބިފައެވެ.ޕްރިމިއަ ލީގުގައި މިހާރު ގަދަ ހަތަރު ޓީމްގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރަމުން ގެންދާ މެންޗެސްޓަ ޔުނައިޓެޑް،ޗެލްސީ އަދި ޓޮޓެންހަމް މި ހަފްތާގައި ކުޅުނު މެޗުން މޮޅުވެފައިނުވާއިރު ރޭގެ މެޗު ކާމިޔާބުކޮށް އާސެނަލްއަށް ވަނީ ގަދަ ހަތަރެއްގައި ހިމެނުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވުލްވްސްއިން ވަނީ ފުރަތަމަ ހާފްގައި އާސެނަލް ކޮޅަށް ތިން ގޯލް ޖަހައި އަމިއްލަ ދަނޑުގައި ސަޕޯޓަރުން ހެއްވާލަ ދީފައެވެ.
މިގޮތުން ވުލްވްސްގެ ފުރަތަމަ ލަނޑު ރޫބެން ނަވާޒް ކާމިޔާބުކޮށްދިން އިރު އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެ ޓީމައަށް ލީޑު ފުޅާކޮށްދިނީ ޑޮހަޓީއެވެ.އަދި ހާފް ނިމުމުގެ ކުރިން ޖޮޓާގެ ކާމިޔާބުކުރި ލަނޑުް ވުލްވްސްއިން ވަނީ ފުރަތަމަ ހާފްގައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ.
އާސެނަލްއިން ވަނީ ދެވަނަ ހާފްގައި މޮޅައަށް ކުޅެ ވުލުވްސްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަ އުފައްދަން މަސައްކަތް ކޮށްފައެވެ. ނަތީޖާ އަނބުރާލަން މަސައްކަތް ކޮށްފައެވެ.ނަތީޖާއެއްގެ ގޮތުން ޕަޕަސްޓަޕޮލޮސްގެ ލަނޑުން އާސެނަލް ދެވަނަ ހާފްގައި އެއް ލަނޑު ކާމިޔާބު ކުރި ނަމަވެސް ވުލްވްސްގެ ޑިފެންޑަރުން ވަނީ އާސެނަލްގެ ފޯވާޑްލައިން ހުއްޓުވައި ތިން ޕޮއިންޓް ކަށަވަރު ކޮށްފައެވެ.
ވުލްވްސްއިން ތަފާތު މޮޅުކޮށް މި ސީޒަނުގައި ކުޅެމުންދާ އިރު، ރޭގެ މެޗުން މޮޅުވުމާއެކު ވުލްވްސްއިން ވަނީ 10 ވަނައިން ހަތްވަނައަށް ޖެހިލާފައެވެ.