Barcelona Championkan Hoadhumaai gaatha jehilaifi - AO News
English Edition
Dhivehi Edition

Worldwide

  • 28,946,628confirmed
  • 20,813,150recovered
  • 7,208,868active
  • 924,610deaths

Maldives

  • 9,052confirmed
  • 7,055recovered
  • 1,960active
  • 32deaths

ކޮވިޑް 19 ކަވަރޭޖް

1 އަހރު ކުރިން

ޑިޕޯޓީވޯ އަލަވޭޒްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން މޮޅުވެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދުމާ ކައިރިއަށް އެފްސީ ބާސެލޯނާ ޖެހިލައިފި އެވެ.

ރޭގައި ޑީޕޯޓިވޯ އާއި ކުޅެ ހޯދި މިމޮޅާއި އެކު ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން ބާސެލޯނާ ވަނީ 80 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 33 މެޗުން ވަނީ 68 ޕޮއިންޓް ލިބިފަ އެވެ. މިރޭ އެތުލެޓިކޯ ކުޅޭ މެޗުން ވެލެންސިއާ އަތުން ބަލިވެއްޖެނަމަ ބާސެލޯނާ އަށް ލީގު ކަށަވަރުވާނެ އެވެ. މިރޭ އެތުލެޓިކޯ މޮޅުވެއްޖެނަމަ ބާސެލޯނާ އަށް ލީގު ލިބޭނީ ދެން ކުޅޭ މެޗުން މޮޅުވެގެންނެވެ.

ކެޕްޓަން ލިއޮނަލް މެސީ ބެންޗުގައި ބައިންދައިގެން މިމެޗު ފެށި ބާސެލޯނާގެ ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް މިމެޗުގައި ފެނިގެންދިޔަ ނަމަވެސް ފަހަތުން ވަރުގަދައަށް ޑިފެންސް ކޮށްގެން ކުޅެމުން ދިޔަ އަލަވޭޒްގެ ޑިފެންސް ފޫއަޅުވާލަން ބާސާގެ ކުޅުންތެރިންނަށް ފުރަތަމަ ހާފުގައި އުނދަގޫވެގެން ދިޔަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ބާސެލޯނާއަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވާއިރު މިމެޗްގެ ދެވަނަ ހާފްގައި މެސީ ވަނީ ކުޅެން ނިކުމެފައެވެ.މިއާއި އެކު ބާސެލޯނާގެ ކުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔަ އިރު ބާސެލޯނާއިން މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ކާލޮސް އަލީނިއާ އެވެ. އޭގެ ހަ މިނިޓް ފަހުން ބާސެލޯނާގެ ދެ ވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުން ލުއިސް ސުއަރޭޒް އެވެ.

ލީގުގައި ދެން ބާސެލޯނާ ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ލެވަންޓޭއާއި ދެކޮޅަށެވެ.