އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޓޮޓެންހަމްއިން ގަދަ ހަތަރެއްގައި އޮވެ ލީގު ނިންމާލުމުގެ އުންމީދު ބޮޑު ކޮށްފިއެވެ.
ލީގުގެ 17 ވަނައިގައި އޮތް ޓީމާއި ދެކޮޅަށް ކުޅެ އަމިއްލަ ދަނޑުގައި ޓޮޓެންހަމް މޮޅުވީ 0-1 ލަނޑުންނެވެ.
ރޭގެ މިނަތީޖާއާއިއެކު ލީގުގައި ކުޅުނު 35 މެޗުން 70 ޕޮއިންޓް ހޯދައި ލީގުގެ ތިންވަނާގައި ޓޮޓެންހަމް އޮތްއިރު ހަމަ އެ އަދަދަށް މެޗް ކުޅެގެން 67 ޕޮއިންޓާއެކު ލީގުގެ ހަތަރުވަނައިގައި އޮތީ ޗެލްސީއެވެ. އެހެންނަމަވެސް 34 މެޗް ކުޅެ 66 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތް އާސެނަލް އާއި 64 ޕޮއިންޓާއެކު ހަވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް މިރޭ ކުޅޭ މެޗުތަށް ކާމިޔާބުކޮށް ތިން ވަނާގައި އޮތް އޮތް ޓޮޓެންހަމް އާ ދެމެދު އޮތް ފަރަގު ކުޑަ ކުރެވޭނެއެވެ.
ޓޮޓެންހަމް އިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި މި މެޗްގައި ބްރައިޓަންގެ ޑިފެންޑަރުން ވަނީ ޓޮޓެންހަމްގެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ރޭގެ މެޗްގައި ދައްކައިފައެވެ.ޓޮޓެންހަމް އާއި ބްރައިޓަން ކުޅުނު މިމެޗުގައި ޓޮޓެންހަމް އިން ޖެހި ހަމައެކަނި ލަނޑު މެޗް ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފޯވާޑް ކްރިސްޓިއަން އެރިކްސަން އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި މެންޗެސްޓަރ ސިޓީއާއި މެންޗެސްޓަ ޔުނައިޓެޑް ބައްދަލު ކުރާ އިރު ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައިވާ އާސެނަލް މިރޭ ކުޅޭނީ ވުލްވްސް އާއި ދެކޮޅަށެވެ.