އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެމްކޯގައި މަސައްކަތްކުރާ މުއައްޒަފަކު ނިޔާވެއްޖެއެވެ.
އައްޑޫ ހިތަދޫ ކުނި ކޮށި ކައިރީގައި ހިނގި އެކްސިޑެންޓްގައި މީހަކު ނިޔާވިކަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާއިރު ‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ ވެމްކޯގައި އައިޓީ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ނަބީލް އިބްރާހީމްއެވެ. އެ ސަރަހައްދުގައި ހުރި މީހަކު އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ބުނީ ނަބީލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށެވެ.
މެޑި ސިޓީ ވޭނަކާއި ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އައްޑޫ ރީޖަނަލް ހޮސްޕިޓަލް އިން އަންނަނީ ފަރުވާދެމުންނެވެ. އެ ސަރަހައްދުން މައުލޫމާތު ދިން ފަރާތުން ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭން ކޮންޓްރޯލް ނުވެ، ކުރިމަތިން އައި ސައިކަލެއްގައި ޖެހި، އެ ސައިކަލު ވިއްސައިގެން ދިޔަ ވަގުތު އެ ސަރަހައްދުން ދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ.