އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ކްރިސްޓަލް ޕެލެސް އާއި އާސެނަލް ބައްދަލު ކުރި މެޗު ޕެލެސްއިން ކާމިޔާބުކޮށްފިއެވެ.
ލީގުގައި ރޭ ފެލެސްގެ މެޗުގެ ކާމިޔާބުކޮށް ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ އެހެން ޓީމުތަކަށް ވުރެ ކުރިއަށް ޖެހިލަން އާސެނަލް އަށް ލިބުނު މިފުރުސަތު އެ ޓީމުން ނަގާލާފައިވާއިރު ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސް އަތުން އާސެނަލް ބަލިވީ 3-2 ލަނޑުވެ.
މި މެޗުން ބަލިވުމުން ގަދަ ހަތަރެއް ޔަގީން ކުރުމަށް އާސެނަލަށް މިވަނީ އިތުރު ޕްރެޝަރެއް ކުރިމަތިވެފައެވެ. މެޗުގެ ފުރަތަމަ ގޯލު ކްރިސްޓަލް ޕެލޭސްގެ ކްރިސްޓިއަން ބެންޓެކޭ ޖަހާފައިވަނިކޮށް އާސެނަލަށް ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ މެސުތު އޮޒިލް އެވެ. އޭގެފަހުން ކްރިސްޓަލް ޕެލޭސް އިން ވަނީ އިތުރު ދެގޯލު ޖަހައި އާސެނަލް ހާސްކޮށްލައިފައެވެ. އެޓީމުގެ ދެ ވަނަ ގޯލު ވިލްފްރެޑް ޒަހާ ޖެހިއިރު ތިން ވަނަ ގޯލު ޖެހީ ޖޭމްސް މެކާތޫ އެވެ. މެޗު ނިމުމުގެ ކުރިން އާސެނަލަށް ފަރަގު ކުޑަކޮށްދިނީ ޕިއޭ އެމެރިކް އޮބާމިޔަން އެވެ.
މި މެޗުގެ އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު 10 މެޗުވެސް ކާމިޔާބުކޮށްފައެވެ. އާސެނަލާއެކު ލީގުގެ ގަދަ ހަތަރަށް ވާދަކުރާނީ ޓޮޓެންހަމް ހޮޓްސްޕާސް، ޗެލްސީ އަދި މެންޗެސްޓަރ ޔުނައިޓެޑެވެ. ތާވަލުގެ ތިން ވަނައިގައި 67 ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު ހަތަރު ވަނައިގައި އޮތް އާސެނަލާއި ފަސް ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 66 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ހަ ވަނައިގައި އޮތީ 64 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑެވެ.