English Edition
Dhivehi Edition
ލަންކާއަށް ދިން ހަމަލާއަށް ފަހު ބަޔަކު ހިތާމަފާޅު ކުރަނީ: މަރުވި މީހުންގެ އަދަދު 200 އަށް ވުރެ ގިނަ. -- ފޮޓޯ/ އޭޕީ

އަވައްޓެރި ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ ކޮންބައެއްކަން ދެނެގަނެވިފައިވާކަމަށް ލަންކާގެ ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވިދާޅުވެއްޖެ އެވެ.

އަވައްޓެރި ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ ކޮންބައެއްކަން ދެނެގަނެވިފައިވާކަމަށް ލަންކާގެ ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވިދާޅުވިނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވިއެވެ. އަދި އެއީ ކޮންބައެއްކަންވެސް ވިދާޅެއްނުވިއެވެ.

ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 208 ވަނީ އަރައިފައެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި މިއަދު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 215 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 35 މީހުން ވެސް ހިމެނެ އެވެ. އަދި އެގައުމުން ވަނީ ހަމަލާތަކާ ގުޅިގެން ހަތް މީހުން ހައްޔަރުކޮށްފަ އެވެ. ލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ ހުރިހާ ހަމަލާތައް ވެސް ދިނީ އެއް ޖަމާއަތަކުން ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު ވަނީ އެހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ލަންކާގައި ދިރިއުޅޭ ދިވެހިން ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ގެއިން ނުނިކުމެ، ގޭތެރޭގައި މަޑުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ލަންކާގެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 7 މީހުން ވަނީ ހައްޔަރުކޮށްފައެވެ.