އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް މެންޗެސްޓަރ ސިޓީ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އެ ޓީމް ބަލިވި ހަނދާން ނައްތާލައި ޓޮޓެންހަމް ކިބައިން ބަދަލު ހިފައިފިއެވެ.
ލީގުގައި އިއްޔެ ހަވީރު ކުޅުނު މިމެޗު ކާމިޔާބުކޮށް އެންމެ ފަހުގެ ލީގު ޗެމްޕިއަން އެއްވަނައަށް އެރީ މިމެޗު 1-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.
މިދިޔަ ދެ ހަފްތާ ތެރޭގައި ތިން ފަހަރު މިދެޓީމް ބައްދަލު ކޮށްފައިވާއިރު މިސީޒަންގައި ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް ނިކުތް ސިޓީ ހިތް ދަތިގޮތަކަށް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޓޮޓެންހަމް ވަނީ މޮޅުވެފައެވެ.
މި މޮޅާއެކު ސިޓީ އަށް އެއް ވަނަ ލިބެނީ ކުޅުނު 34 މެޗުން ލިބުނު 86 ޕޮއިންޓާ އެކުއެވެ. ހަ އެ އަދަދަށް މެޗު ކުޅެ އެއް ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތީ ލިވަޕޫލް އެވެ. މިއަދުގެ މޮޅާއެކު ލީގުގައި ބާކީ އޮތް ހަތަރު މެޗު ކާމިޔާބު ކޮށްފިނަމަ ސިޓީއަށް ލީގު ކަށަވަރު ވާނެއެވެ.
ދެ ޓީމްގެ ފަރާތުން ވެސް ފުރަތަމަ 11އަށް ބަދަލު ތަކެއް ގެނެސްގެން ނިކުތް މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިމެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، މެޗުގެ ފަސް ވަނަ މިނެޓްގައި ސިޓީގެ ފިލް ފޯޑެން އެވެ.