ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ހޮވާ މިދިޔަ ސީޒަންގެ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އިނގިރޭސި ޕްރިމިއަ ލީގުގައި ކުޅޭ ލިވަޕޫލްގެ ފޯވާޑް ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ މިސްރުގެ މުހައްމަދު ސަލާހް ފަހަތަށް ޖައްސާލުމައަށް ފަހު ހޯދައިފިއެވެ.
އުމުރުން 27 އަހަރުގެ މާނޭ މި ފަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ މިދިޔަ ދެ އަހަރު މި އެވޯޑް ހާސިލްކުރި މާނޭއާއި އެ ކުލަބަކަށް ކުޅޭ ކުޅޭ މިސްރުގެ މުހައްމަދު ސަލާހާއި މެންޗެސްޓާ ސިޓީގެ ވިންގް ރިޔާދު މާރޭޒްއާ ވާދަކޮށެވެ.
ލިވަޕޫލާ އެކު މާނޭ މިދިޔަ ސީޒަނުގައި ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަމާއި މި ސީޒަނުގެ ޔޫއެފާ ސުޕަރ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާއިރު މާނޭ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް 30 ލަނޑު ކާމިޔާބުކޮށްދީ މިދިޔަ ސީޒަންގައި ޕްރިމިއަ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުން ތެރިޔާއަށް ދޭ ރަންބޫޓް 22 ލަނޑު ޖަހައިގެން ހޯދި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
މާނޭއާ އެކު ރަން ބޫޓު ހިއްސާކުރީ ސަލާހާއި އާސެނަލަށް ކުޅޭ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އެވެ
މިދިޔަ ތިން އަހަރު ވެސް މި އެވޯޑަށް ވާދަކޮށްފައިވާ މާނޭ އެވޯޑް އާއި ހަވާލުވުމައަށް ފަހު ބުނީ”މި އެވޯޑަކީ ވަރަށް ބޮޑު އުފަލަކާއި ފަހުރެއް ކަމަށާއި ފުޓްބޯޅަ އަކީ އަދާ ކުރާ ވަޒީފާކަމުން އެވޯޑް ލިބުމުން އެކަމާއި އުފާކުރާކަމަށް” އެނާ ބުންޏެވެ.
މާނޭ އިތުރަށް ބުނީ އާއިލާ އާއި ގައުމީ ޓީމާއި ސްޓާފުން އަދި ފެޑެރޭޝަނާއި ލިވަޕޫލް ފުޓްބޯލް ކްލަބަށް އަހަރެން ޝުކުރު އަދާކުރަން ބޭނުން ވާކަމަށާއި މިއީ ވަރަށް ބޮޑު ދުވަހެއްކަމަށެެވެ.
ސެނެގޯލްގެ ކުޅުންތެރިއަކަށް މި އެވޯޑް އެންމެ ފަހުން ލިބުނީ 2002 ވަނަ އަހަރު އެވެ. އެފަހަރު މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަލް ހާޖީ ދިއޫފް އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލާއި ބޯލްޓަން އަދި ބްލެކްބާން އަށް ވެސް ކުޅުނު ދިއުފް މި އެވޯޑް ހޯދީ 2001 އާއި 2002 ވަނަ އަހަރު އެވެ.
އެފްރިކާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ލިބުނީ ރެއާލް މެޑްރިޑްގެ ލޯނެއްގެ ދަށުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ 21 އަހަރުގެ ޑިފެންޑަރު އަޝްރަފް ހަކީމީ އަށެވެ. އެފްރިކާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ނައިޖީރިއާ އާއި ބާސެލޯނާގެ ފޯވާޑް އަސިސަޓް އޯޝޯލާ އަށެވެ.