އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ މެންޗެސްޓާ ސިޓީން 6-1 އިން އެސްޓަން ވިލާ ބަލިކޮށް ލީގުގެ ދެ ވަނަ އަށް ޖެހިލި އިރު ސާޖިއޯ އަގުއޭރޯ ދެ ރެކޯޑު އާ ކޮށްފިއެވެ.
މި މެޗުގައި އަގުއޭރޯ ހެދި ހެޓްރިކާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ހެޓްރިކް ހެދި ނިއު ކާސަލްގެ ލެޖެންޑް އެލަން ޝިއެރާ ހަދާފައިވާ ރެކޯޑް މުގުރާލާފަ އެވެ. އަދި ހަމަ އަގުއޭރޯ ވަނީ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ބިދޭސީ ކުޅުންތެރިޔާގެ ރެކޯޑްވެސް އައުކޮށްފައެވެ.ކުރިން މި ރެކޯޑް އޮތީ 175 ގޯލު ޖަހާފައިވާ އާސެނަލްގެ ކުރީގެ ތަރި ތިއެރީ އޮންރީ އަތުގަ އެވެ.
ރޭގެ މޮޅާއެކު ސިޓީ ވަނީ ލީގުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމަށް 22 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައަށް ވެއްޓުނު ލެސްޓާ ސިޓީއަށް 22 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތީ 21 މެޗުން 61 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ.
ރެލިގޭޝަން ޒޯނުގައި އޮތް އެސްޓަން ވިލާ ކޮޅަށް ރޭގެ މެޗުގައި ސިޓީގެ އަގުއޭރޯ ހެޓްރިކެއް ހަދައިފާއި ވާއިރު އެ ޓީމްގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ރިޔާދު މަހްރޭޒް އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ފެނާންޑޯ ގެބްރިއަލް ޖެސޫސް އެވެ.އެސްޓަން ވިލާގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޖެހީ އަންވަރު އެލްގާޒީ އެވެ.