English Edition
Dhivehi Edition

މަޝްހޫރޫ ޓައިމް މަޖައްލާއިން ހޮވާ އަހަރުގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓްގައި ލިވަޕޫލްގެ ފޯވަޑް މިސްރުގެ މުހައްމަދު ސަލާހް ހިމެނިފައިވުމުން މިވަގުތު އޭނާ އާއި މެދު ފަހުރު ވެރިވާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ކޮންމެ އަހަރަކުވެސް ޓައިމްއިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ކުޅިވަރު ތަރިންގެ ތެރެއިންގެ ހަ މީހަކު މިހާތަނަށް ހިމަނާފައިވާއިރު މީތެރޭގައި މިސްރުގެ ސަލާޙްގެ އިތުރުން މިލިސްޓްގައި ހިމެނިގެން ދިޔަ ކުޅިވަރުގެ އެހެން ޝަހުސިއްޔަތު ތަކަކީ، އެންބީއޭ ތަރި އެމެރިކާގެ ލެބްރޯން ޖޭމްސް، އެމެރިކާގެ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އެލެކްސް މޯގަން، ދުނިޔޭގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ހުރި، ޖަޕާންގެ ނައޯމީ އޮސާކާ، ދުނިޔޭގެ އެންމެ މޮޅު މިޑްލް ޑިސްޓެންސް ދުވުންތެރިޔާ، ދެކުނު އެފްރިކާގެ ކާސްޓޯ ސެމެންޔާ، ގޮލްފް ކުޅުންތެރިޔާ އެމެރިކާގެ ޓައިގާ ވުޑްސް އަދި ޕްރޯ ގޭމާ އެމެރިކާގެ ރިޗަޑް ޓެއިލާ ބްލެވިންސް އެވެ.

 

“ސަލާޙް އަކީ މިސްރުގެ ފަޙްރު.އޭނާ އަކީ ކުޅިވަރު ކުޅޭ އެހެން މީހުންނަށް ހުރި ނަމޫނާއެއް.އަހަރެން އޭނަ އާއި މެދު ފަހުރުވެރިވަން”ލިވަޕޫލްގެ ކޯޗު ގާޑިއޯލާ ބުންޏެވެ.ލިވަޕޫލްގައި މިދިޔަ ސީޒަންގައި ދެއްކި އާދަޔާ ހިލާފް މޮޅު ކުޅުމާއެކު ސަލާހްގެ މަގުބޫލުކަން ދުނިޔޭގެ އެކިކަން ކޮޅުތަކުގައި ވަނީ އިތުރުވެގެން ގޮސްފަ އެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ 44 ގޯލް ޖަހައިގެން ޕްރިމިއާ ލީގްގައި ބޮޑު ރެކޯޑެއް ގާއިމު ކޮށްފަ އެވެ. އަދި މި ސީޒަންގައިވެސް، ޕްރިމިއާ ލީގް ތައްޓަށް ލިވަޕޫލުން ވާދަ ކުރާއިރު އޭނާގެ ދައުރު އެ ޓީމުގައި ބޮޑެވެ.

މި ސީޒަންގައިވެސް ލަނޑު ލިސްޓްގެ ކުރީގައި އޭނާ ދަނީ ހިފަހައްޓަމުންނެވެ. މި ދިޔަ ހަފުތާގައި ޗެލްސީ ކޮޅަށް އޭނާ ވައްދާލި މޮޅު ލަނޑާއެކު ލިވަޕޫލް ވަނީ އެއް ވަނައަށް އަރާފަ އެވެ. އަދި މި ސީޒަންގައިވެސް ޗެމްޕިއަންސް ލީގް ފައިނަލަށް ދިއުމުގެ ފުރުސަތު ލިވަޕޫލުން ވަނީ ފަހި ކޮށްފަ އެވެ.

ލިވަޕޫލްގެ ކޯޗު ކްލޮފް ބުނީ ސަލާޙް އާއި މާނޭ އަކީ ވެސް ވަރަށް ރަނގަޅު ދެ މުސްލިމް ދެ ކުޅުންތެރިން ކަމަށާއި އެ ދެ ޟީހުން ނަކީ ވެސް ކުޅިވަރުގެ މައިދާނުގައި އެހްން މީހުން ނަމޫނާއަކަށް ބަލަން ޖޭހޭ ބަޔެއް ކަމަށެވެ.