English Edition
Dhivehi Edition

2013 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރެސް ފްރީޑަމް އިންޑެކްސްގައި 22 ދަރަޖަ ކުރިއަށް ޖެހިލުމަކީ ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއް ކަމަށް އެމްޑީޕީ ޓިކެޓްގައި ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވާ މުހަމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ކުރިން ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ވިސާމް މިހެން ވިދާޅުވީީ ގައުމުތަކުގެ މެދުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ވަޒަންކޮށް ނެރޭ “ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް “ގައި ދިވެހިރާއްޖެ 22 ދަރަޖަ ކުރިޔަށް ޖެހިލާފައި ވާތީ އެކަމަށް އިޝާރަތް ކުރައްވައި ކުރެއްވި ޓުވިޓެއްގައެވެ.

ވިސާމް ކުރެއްވި ޓުވިޓްގައި ވިދާޅުވީ ޕްރެސް ފްރީޑަމް އިންޑެކްސްގައި 22 ދަރަޖަ ކުރިއަށް ޖެހިލުމަކީ ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއް ކަމަށާއި ނަވެސް މިފަދަ ކުރިއެރުމަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބްރޯޑްކޮމް ކަމަށެވެ. އެހެންކަމުން މިނިވަން ނޫސްވެރި ކަމަކަށް އެކޮމިޝަނުގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރަންޖެހޭ ކަމަށް ވިސާމްވަނީ ވިދާޅުވެފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ގާއިމް ކޮށްދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދު ފުޅެއްކަމުގައިވާއިރު، ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ގައި 2018 ވަނަ އަހަރު 120 ވަނާގައި ރާއްޖެ އޮތުމަށްފަހު މި ސަރުކާރުގެ ވެރިކަމުގައި މި ވީ ކުޑަ ދުވަސްކޮޅު މި ލިސްޓުގެ 98 ވަނަ އަށް ޖެހިލުމަކީ ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.