މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާރވިސް އިން ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ
މި އެވޯޑަކީ ކޮންމެ ދެއަހަރަކުން އެއްއަހަރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދިފާއުކުރާ ކައުންސިލް އަދި މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސް ގުޅިގެން ބާއްވާ އެވޯޑެކެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރުއަދާކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
އަމިއްލައަށް ނަން ހުށައެޅުމުގެ ފުރުސަތުގެ އިތުރުން އެހެން ފަރާތްތަކުގެ ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވަލާފައިވާ މި އެވޯޑް ދޭން ނިންމައިފައިވަނީ ޖުމްލަ 9 ދާއިރާއަކުންނެވެ.މި އަހަރު ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫން މަހުގެ ދެވަނަ ދުވަހާ ހަމަޔަށެވެ.
އެވޯޑުދޭން ނިންމާފައިވާ ދާއިރާތަކަކީ:
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ( ހަތަރު ފަރާތް)
ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ ( އެއް ފަރާތް)
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ( އެއް ފަރާތް)
ފަންނީ ދާއިރާ (އެއް ފަރާތް)
ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ (އެއް ފަރާތް)
ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ދާއިރާ (އެއް ފަރާތް)
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަޞީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާ ( އެއް ފަރާތް)
ޚާއްޞަ ދާއިރާ ( އެއް ފަރާތް)
މި އެވޯޑް ލިބޭ ފަރާތްތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ އަދި ކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދިފާއުކުރާ ކައުންސިލުން ކަނޑައަޅާ ކޮމިއުނިޓީ އިން ހޮވާ ފަރާތްތަކެވެ. އެންމެ ފަހުން ރިވެލި އެވޯޑް ދީފައިވަނީ 2016 ގައެވެ.