English Edition
Dhivehi Edition
މޮޅު ކުޅުންތެރިޔާ - އިބްރާހިމް ލަޠީފް/ ޕަޓާސް

މިހާރު ފޭދޫ ބޯޅަ ދަނޑުގައި ކުޅެވެމުންދާ ހައިޑްރޯ ފުޓްސެލް ކަޕް 2019 ގައި ރޭ އެފްސީ ބޭރުމައްޗާއި ޕަޓާސް ބައްދަލުކުރި މެޗް 3-3 އިން އެއްވަރުވެއްޖެއެވެ.

21:45 ގައި ކުޅެން ފެށި މެޗް ގައި ރެފްރީ ކަށިގަނޑު ފުމުމާއި އެކުހެން ޕަޓާސްއިން ވަނީ ގޯލެއްޖަހާފައެވެ. މިމެޗްގައި މޮޅު ކުޅުމެއް ދެއްކި ޕަޓާސްގެ އިބްރާހިމް ލަޠީފަށް ގޯލް ޖަހާނެ ރަނަގަޅު ފުރުޞަތުތަކެއް ލިބިގެން ދިޔައެވެ. އެފްސީ ބޭރުމަތީގެ ކީޕަރު ވަނީ ޕަޓާސްގެ ލަޠީފު އަދި ނިޒާރު،ޢަލީ ސަރީރު ފަދަ ކުޅުންތެރިން ފޮނުވާލި ބޯޅަތައް ދިފާޢުކޮށްފައެވެ.

ޕަޓާސް އިން ފަސޭހަ ކަމާއި އެކު މޮޅު ވެވޭނެ ކަމށް އުއްމީދު ކުރި މެޗް ވެގެން ދިޔައީ ޕްރެޝަރު ބޮޑުކޮށް ކުޅެން ޖެހުނު މެޗަކަށެވެ. އެފް ސީ ބޭރުމަތިން ވަނީ ދެވަނަ ހާފްގައި ނުރައްކާތެރި ޙަމަލާ ތަކެއް ޕަޓާސް ގޯލަށް އަމާޒުކޮށް ފައެވެ. ތަޖުރިބާ ކާރު ކީޕަރު އަޙްމަދު އަޝްފާޤް ( އައްޓަޑާ )ވަރަށް ހުށިޔާރު ކަމާއި އެކު ވަނީ މިޙަމަލާ ތައް ދިފާއު ކޮށްފައެވެ.

ޕަޓާސް ޓީމުން ދެ ގޯލް ޖަހާފަ އޮތްވާ އެފްސީ ބޭރުމައްޗަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޯލެކެވެ.

ނަމަވެސް ދެވަނަ ހާފްގައި އެފްސީ ބޭރުމަށްޗަށް ލިބުނު ޕެންލަޓީ އެއް ކާމިޔާބުކޮށް މެޗްގެ ފަހު މިނެޓްގައި އެފްސީ ބޭރުމަތި ވަނީ 02 ގޯލްކާމިޔާބުކޮށް މެޗް 3-3 އިން އެއްވަރުކޮށްފައެވެ. ޕަޓާސް ޓީމް ގެ އިބްރާހިމް ނިޒާރު 01 ގޯލް ޖަހާފައިވާއިރު އިބްރާހިމް ލަޠީފް ވަނީ 2 ގޯލް ޖަހާފައެވެ.

އެފްސީ ބޭރުމަތިން ގޯލް ޖަހާފައިވަނީ މުޙައްމަދު ސާޖިދު ،އަހްމަދު ނާޝިދު އަދި މުޙައްމަދު ޝުޢާއެވެ. ޝުޢާއު އާއި އިބްރާހިމް އާސިފުއަށް ވަނީ ރީނދޫ ކާރޑް ދައްކާފައެވެ.

ރޭ ކުޅެވުނު މި މެޗަކީ މުބާރާތުގެ 12 ވަނަ މެޗެވެ.

މި މުބާރާތުގެ ޗެމްޕިއަންޓީމަށް 20000 ރުފިޔާ އާއި ރަނައަޕްޓީމަށް 8000 ރުފިޔާއާއި އެކު ވާދައިގެ ތައްޓެއް ވެސް ވަނީ ހުށަހަޅާފައެވެ. މުބާރާތުގެ ސްޕޮންސަރަކީ ހައިޑްރޯ މޯލްޑިވެސް އެވެ.