ފްރެންޑްސް ކްލަބުން އިންތިޒާމް ކޮށްގެން އައްޑޫސިޓީގައި ބާއްވާ “ހައިޑްރޯ ފުޓްސެލް ކަޕް 2019” މުބާރާތް ރޭ ފަށައިފިއެވެ.
މި މުބާރާތް ފޭދޫ ބޯޅަ ދަޑުގައި ހުޅުއްވައި ދެއްވީ ޙަފްލާގެ ޝަރަފްވެރި މެހްމާން، ފޭދޫ އަވަށު ކައުންސިލަރ އަލީ ފަހުމީ އާއި ހައިޑްރޯ މޯލްޑިވްސްގެ އެމް.ޑީ ޢަލީ ނަޞީރުއެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަމަ މެޗް 21:00 ގައިވަނީ ފަށައިފައެވެ. ފުރަތަމަ ބައްދަލު ކުރީ އެފް.ސީ އަފިރިން އަދި މަލްޓި ޖީނިއަސް ސިޓީ އެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނު އިރު ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ދައްކައިފައި ވެއެވެ. އަދި ފުރަތަމަ ހާފް ނިމުނު އިރު 01-02 އިން ކުރި ހޯދާފައި ވަނީ މަލްޓި ޖީނިއަރސް ސިޓީ އެވެ. މެޗްގެ 36 ވަނަ މިނެޓްގައި ކުރި ކުށެއްގެ ސަބަބުން އެފް.ސީ އަފިރިން ޓީމުގެ ޖާރޒީ ނަންބަރ 01 އަހްމަދު ޙިޝާމް ޤާސިމަށް ރީނދޫ ކާރޑެއް ދެއްކުމުން އިދިކޮޅު ޓީމަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް މި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.
40 މިނިޓަށް ކުޅެވުނު މެޗް ނިމިގެން ދިޔައީ 01-02 މަލްޓި ޖީނިއަސް ސިޓީ މޮޅުވެގެންނެވެ. މެޗްގަ ލަނޑުޖަހާ ފައި ވަނީ އެފްސީ އަފިރިން ޓީމްގެ ޖާރޒީ ނަންބަރ 07 އިބްރާހިމް އާޒިމް އާއި މަލްޓި ޖީނިއަރސް ސިޓީގެ ޖާރޒީ ނަންބަރ07 މިރާޙް މުޙައްމަދު އެވެ. ރޭގެ މެޗްގައި މިރާޙް ވަނީ ދެ ގޯލް ޖަހާފައެވެ. މޭން އޮފް ދަ މެޗަށް ވެސް ހޮވިފައިވަނީ މިރާޙް މުޙައްމަދެވެ.
މި މުބާރާތުގެ ޗެމްޕިއަންޓީމަށް 20000 ރުފިޔާ އާއި ރަނައަޕްޓީމަށް 8000 ރުފިޔާއާއި އެކު ވާދައިގެ ތައްޓެއް ވެސް ލިބޭނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތް ކަމަށްވާ ފްރެންޑްސް ކްލަބުން ހާމަކުރެއެވެ. ކޮންމެ ރެއަކު ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ މެޗްތައް ކުޅޭނީ ރޭގަނޑުގެ ގަޑިތަކުގައި ފޭދޫ ބޯޅަ ދަނޑުގައެވެ.
ރޭގެ ދެވަނަ މެޗްގައި ބައްދަލު ކުރީމެޖެންޓާ އާއި އެފް.ސީ ބޭރުމަތިއެވެ.