ފްރެންޑްސް ކްލަބުން އިންތިޒާމް ކޮށްގެން ފޭދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދާ ހައިޑްރޯ ފުޓްސެލް ކަޕް 2019 ގެ ތިންވަނަ މެޗުން އެފްސީ ހަބޭސް ، އެފްސީ ރޮޗެސްޓަރ ގެ މައްޗަށް ކުރި ހޯދައިފިއެވެ.
ރޭ 20:45 ގައި ފެށުނު މިމެޗުން އެފްސީ ހަބޭސް ވަނީ މޮޅު ކުޅުމެއް ދައްކާ 05 ލަނޑު 01 ލަނޑުން މޮޅުވެފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނު އިރު އެފްސީ ހަބޭސްވަނީ 03 ގޯލް ޖަހާފައެވެ.
ރޮޗެސްޓަރގެ ހަމަ އެކަނި ގޯލް ކާމިޔާބު ކޮށް ދީފައި ވަނީ ދެވަނަ ހާފްގެ 07 ވަނަ މިނެޓްގެ ތެރޭ ގައި އެޓީމުގެ ޖާރޒީ ނަންބަރ:13 މުޙައްމަދު އިރުފާނެވެ.
ހަބޭސް ޓީމުން ފުރަތަމަ ގޯލް ޖަހާފައި ވަނީ އެޓީމުގެ ޖާރޒީ ނަންބަރ:04 ހުސައިން ލަޠީފް،ފުރަތަމަ ހާފްގެ 09 ވަނަ މިނިޓްގައެވެ. އަދި ހަބޭސްގެ ސަޔަމް ސަޢީދު، ޙަސަން ލަވްޙު، އަލީ ޟިރުއާމް ވަނީ ގޯލް ޖަހާފައެވެ.
މެޗްގެ މޭން އޮފްދަ މެޗަށް ހޮވުނީ ހަބޭސް ޓީމްގެ ޖާރޒީ ނަންބަރ:04 ޙުސެއިން ލަޠީފެވެ.
މުބާރާތުގެ ދެވަނަ މެޗް 11 އެޕްރީލް 2019 ވަނަ ދުވަހުގެ ރޭ 10:00 ގައި ކުޅެފައި ވަނީ މެޖެންޓާ އާއި އެފް.ސީ ބޭރުމަތިއެވެ. މެޗް ނިމިގެން ދިޔައީ އެއްވެސް ޓީމަަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0:0 އިންނެވެ. މިމެޗްގެ މޭން އޮފްދަ މެޗަށް ހޮވިފައި ވަނީ މެޖެންޓާ ޓީމުގެ މުޙައްމަދު އާނިސް (ޖާރޒީ ނަންބަރ 16 ) އެވެ.