English Edition
Dhivehi Edition

އައްޑޫސިޓީގެ ފޭދޫ ޖަމިއްޔާއެއް ކަމަށްވާ ފްރެންޑްސް ކުލަބް އިން އައްޑޫގައި ކުރިއަށްގެންދާ ހައިޑްރޯ ފުޓްސަލްކަޕް 2019 ގައި ރޭ އެފްސީ ސްކޫޕް ކަންމަތި އަދި އެފްސީ އަފިރިން ބައްދަލުކުރި މެޗުން 2 ޓީމުން އެއްވަރު ވެގެން ނިންމާލައިފިއެވެ.

މި މުބާރާތުގެ 05 ވަނަ މެޗްގެ ގޮތުގައި ރޭ ފުރަތަމަ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ 15 ވަނަ މިނެޓްގައި އެފްސީ ސްކޫޕް ކަންމަތީގެ، މުޙައްމަދު ރާޢިދު ޝަރީފް ( ޖ8 ) ގޯލެއްޖަހައި އެފްސީ އަފިރންގެ މައްޗަށް ކުރި ހޯދިއެވެ. ނަމަވެސް މެޗްގެ 25 ވަނަ މިނެޓްގައި އެފްސީ އަފިރިންގެ މުޙައްމަދު އިޔާސް ޝާހިދު (ޖ10) ކާމިޔާބު ކޮށް ދިން ގޯލުން މެޗް 1:1 އެއްވަރު ވިއެވެ

ފުރަތަމަ ހާފް ނިމުނު އިރު ދެ ޓީމުވަނީ 1:1 އިން އެއްވަރު ވެފައެވެ. ދެވަނަ ހާފްގައި އަނެއްކާވެސް ސްކޫޕްގެ ރާއިދު ޖެހި ގޯލުން އެފްސީ އަފިރިންގެ މައްޗަށް ސްކޫޕް ކުރި ހޯދިއެވެ.

40 މިނެޓަށް ކުޅެ ވަގުތު ހަމަވިއިރު އެފްސީ އަފިރިންގެ އިޔާސް ޝާހިދުގެ ގޯލުން މެޗް ވަނީ 2:2 އިން އަނެއްކާވެސް ވަނީ އެއް ވަރުވެފައެވެ. މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފް.ސީ ސްކޫޕް ކަންމަތީގެ މުޙައްމަދު ރާއިދު ޝަރީފް (ޖ08) އެވެ.

މިރޭގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ޕަޓާސް އާއި މެޖެންޓާ އެވެ.
ހައިޑްރޯ ފުޓްސަލް ކަޕް 2019 ގައި ޗެމްފިއަން ޓީމަށް -/20،000 އަދި ދެވަނައަށްދާ ޓީމަށް -/8000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ.